logologologologo
STO
ޚަބަރު

ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާވެއްޖެ

ފޮޓޯ: ވޮއިސް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 08

ވިލިމާލެއާ ދިމާ ބޭރު ކަނޑުމަތިން ދަތުރުކުރި ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި، ވިލިމާލެ ބޭރުން ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހަވީރު 16:50 ހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ލޯންޗުގެ ކެޕްޓަނަށާއި އެ އުޅަނދުގެ ފަޅުވެރިއަކަށެވެ. ނަމަވެސް، އެ ދެ މީހުންނަށްވެސް ސީރިއަސް ނުވަތަ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ހާދިސާގައި ދެ އުޅަނދަށްވެސް އެކިވަރުގެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކަނޑުމަތީގެ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުންގެ ކަމާބެހޭ ހިދުމަތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް