logologologologo
STO
ދުނިޔެ

އެމެޒޯން ޕްރައިމް އެއާގެ ކާގޯ ބޯޓެއް ވެއްޓި 5 މީހުން މަރުވެއްޖެ

އެމެޒޯން ޕްރައިމް އެއާގެ ކާގޯ ބޯޓެއް ވެއްޓި 5 މީހުން މަރުވެއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 07

އެމެޒޯން ޕްރައިމް އެއާގެ ކާގޯ ބޯޓެއް މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުގެ ތެރޭގައި ރަންވޭމަތިން ކަސިޔާރުވެ، އެ ސަރަހައްދުގައި ހުރި ވެހިކަލްތަކެއްގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި މަދުވެގެން ފަސް މީހުން މަރުވެއްޖެއެވެ.

މިއާމީ-ޑޭޑް ފަޔާ ރެސްކިއުގެ މާހިރުން މައުލޫމާތު ދެއްވި ގޮތުގައި، އިއްޔެ މެންދުރުފަހު ހިނގި މި ހާދިސާގައި އިތުރު ފަސް މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން ތިން މީހެއްގެ ހާލަތު ސީރިއަސް ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. ބޯޓު ގޮސް ޖެހުނު ވެހިކަލްތަކުގެ ތެރޭގައި ދެ މީހަކު ތާށިވި އިރު، ބޯޓުގެ ޕައިލެޓާއި ކޯ-ޕައިލެޓްވެސް ވަނީ ކޮކްޕިޓް ތެރޭގައި ތާށިވެފައެވެ.

ޕުއެޓޮރީކޯ ސަން ހުއާންއިން ފުރައިގެން އައި މި ބޯޓަކީ އެމެޒޯންގެ ކާގޯ އޮޕަރޭޝަންތަކަށް 21އެއާ އިން އޮޕަރޭޓްކުރާ، 32 އަހަރުވީ ބޮއިންގް 767-300 މަރުކާގެ ބޯޓެކެވެ. ރަންވޭއިން ކައްސާލިއިރު ބޯޓު ދަތުރުކުރަމުންދިޔައީ ގަޑިއަކު 112 ނޮޓްސް (129 މޭލު) ގެ ބާރުމިނުގައެވެ.

މި ހާދިސާއާ ގުޅިގެން އެއާޕޯޓުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް، އިއްޔެ ހަވީރުގެ ވަގުތެއްގައި ވަނީ ދެ ރަންވޭއެއް އަލުން ހުޅުވާލާފައެވެ. އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އިން ވަނީ މި ހާދިސާ ތަހުގީގު ކުރުމަށް ހާއްސަ ޓީމެއް މިއާމީއަށް ފޮނުވާފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް