logologologologo
STO
ޚަބަރު

އެއާޕޯޓް ލައިޓް ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

އެއާޕޯޓް ލައިޓް ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 13

އެއާޕޯޓް ލައިޓް ކައިރީ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގައިގެން އުޅޭ ކަމަށް ފުލުހުން މީގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ހައިވޭއިން، ހުޅުމާލެއިން މާލެ އަށް ދަތުރުކުރާ ފަޅީގައި، އެކްސިޑެންޓެއް ހިނގުމާ ގުޅިގެން ފުލުހުން ޙަރަކާތްތެރިވަމުން އަންނަކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ އެއާޕޯޓު ލައިޓް ކައިރީގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ ސައިކަލު ކަހާލައިގެން އޭގައި އިން މީހާ ވެއްޓުނު ވަގުތު، އެމީހާގެ ގައިމަތިން ޕިކަޕެއް ގޮސްގެންނެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި މި އެކްސިޑެންޓްގައި ވެއްޓިފައި އޮތް މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ.

މި އެކްސިޑެންޓުގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށެވެ.

MALDIVE GASAllied Insurance
އިތުރަށް