ހައިވޭ އެކްސިޑެންޓު: މަރުވީ 50 އަހަރުގެ އިންޑިއާ މީހެއް

ރޭ މާލެ-ހުޅުމާލެ ގުޅުވައިދޭ ހަލިމަގު (ހައިވޭ) ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވީ އިންޑިއާގެ ރައްޔިތެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން، އެއާޕޯޓު ލައިޓު ކައިރީގައެވެ. މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:12 އެހައިކަންހާއިރުއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންކަމަށް ފުލުުހުން ބުންޏެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ މަރުވެފައެވެ.
އެގޮތުން، މި އެކްސިޑެންޓުގައި މަރުވެފައި ވަނީ، އިންޑިއާއަށް ނިސްބަތްވާ 50 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)