ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

ހުޅުމާލެ ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް ވަރަށް އަނިޔާވެއްޖެއެވެ.
މިރޭ ހިނގި މި އެކްސިޑެންޓް ހިނގާފައި ވަނީ ވިނަރެސް ފްލެޓްތައް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުންގެ މީޑިިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ފޭސް 2، ވިނަރެސް 7 ކައިރީ އެކްސިޑެންޓެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާވީ އުމުރުން 9 އަހަރުގެ، ދިވެހި އަންހެން ކުއްޖަކަށެވެ.
އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ކަމާބެހޭ ފަރާތްތަކުން އަދި ހާމަ ނުކުރި ނަމަވެސް މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އެ ކުއްޖާގެ ގައިން ގިނައިން ލޭ އައިސްފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން ދައުރުވަމުން ދާ ވީޑިއޯ ތަކުން ފެނިގެން ދަނީ އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖަކު ބިން މައްޗަށް ވެއްޓިފައި އޮންނަ ތަނެވެ. އަދި ބަޔަކު އެ ކުއްޖާއަށް އެހީވާ މަންޒަރުވެސް ފެނެއެވެ.
އިތުރަށް





.gif.gif&w=828&q=100)