ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާ ދޭން ފަށައިފި

ސިނަމާލެ ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ސިނަމާލެ ބްރިޖުގެ ހައިވޭގައި މިއަދު ހަވީރު ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ގޮސް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.
ފުލުހުން ވިދާޅުވީ، މިއަދުގެ ހަވީރު ފަހެއް ޖަހަން އުޅެނިކޮށް ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި އަންހެނެއްގެ އަތް ބިންދައިގެން ގޮސް އިތުރު އަނިޔާތަކެއް ވެސް ވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ޖުމުލަ ތިން މީހަކަށް އަނިޔާވި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ތިން މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގައެވެ.
މިދުވަސްވަރު މަގުމަތީގެ އެކްސިޑެންޓްތައް ގިނަވެފައިވާއިރު، މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދަންވަރު 02:55 އެހައިކަންހާއިރު، ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި ޖުމްލަ ފަސް މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހެއްގެ ޙާލު ސީރިއަސް ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
6 ވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓާއި ގުޅިގެން ފުލުހުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލަކީ ވަގަށް ނަގާފައިވާ އުޅަނދެކެވެ. އަދި އެ ސައިކަލުގައި ތިން މީހުން އަރުވައިގެން ގަވާއިދާ ޚިލާފަށް ދަތުރުކުރިއިރު، އެ އުޅަނދު ދުއްވަން އިން މީހާގެ އަތުގައި އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނެތެވެ.
އިތުރަށް





.gif.gif&w=828&q=100)