logologologologo
STO
ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާ ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާ ނިޔާވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 01

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާ ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗްގައި ވެންޓިލެޓަރުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ޒީވާ ސިނާން އަހުމަދު، މ. ލެމަންޓްރީ 1 އެވެ. އޭނާ ނިޔާވީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގުގައި ހުންނަ ވިނަރެސް 7 ވަނަ ޓަވަރު ކައިރީގައެވެ.

ބިލަބޮން އިންޓަރނޭޝަނަލް ސުކޫލް ގްރޭޑް 3 ގައި ކިޔަވަމުން އައި ޒީވާގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތަކުން ބެލިބެލުމުން އެނގުނު ގޮތުގައި އެކްސިޑެންޓު ހިނގާފައި ވަނީ މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ކާރަކަށް އަރަން މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުވީ ސައިކަލު ދުއްވަން އިނީ 18 އަހަރުގެ އަންހެނެކެވެ. ސައިކަލު ދުއްވި މީހާއަށް ވެސް އަނިޔާވެގެން ފަރުވާދީފައިވެއެވެ. ފުލުހުން ބުނީ އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް މީހެއް ކަމަށެވެ.

މި ހާދިސާ ހިނގާފައިވާއިރު ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރަން ފިޔަވަޅު އަޅަން ފުލުހުންނާއި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އާދީއްތަ ދުވަހު މަޝްވަރާކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް