މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު، އުސްފަސްގަނޑު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ދިވެހި ފިރިހެނެކެވެ. އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ދަރުބާރުގެ ކައިރީގައި ސައިކަލަކާއި ލޮރީއެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް މިއަދު ހަވީރު ހަތަރެއް ޖަހާކަން ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
މި އެކްސިޑެންޓުގައި ނިޔާވީ ސައިކަލް ދުއްވަން އިން މީހާއެވެ. އަދި މި އެކްސިޑެންޓުގައި އޭނާ ވަނީ ލޮރީ ދަށުވެފައެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު އެކްސިޑެންޓްގެ އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)