ތިން ސީޓު ކޮށްގެން ވީ އެކްސިޑެންޓް، ސައިކަލު ދުއްވަން އިން މީހާ ފަރުވާއަށް ފަހު ހައްޔަރުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ ތިން ސީޓު ހަދައިގެން ދުއްވި ސައިކަލުގައި އިން އެކަކު ފަރުވާއަށްފަހު ދޫކޮށްލުމުން، ފުލުހުން ހައްޔަރު ކޮށްފި އެވެ.
އެ ރޭ ދަންވަރު 2:55 ހާއިރު ހުޅުމާލެ ނިރޮޅު މަގުގައި ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި ފަސް މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެއީ ގަވާއިދާ ހިލާފަށް ދުއްވި ސައިކަލުގައި ތިބި ތިން މީހުންނަށާއި، އަނެއް ސައިކަލުގައި ތިބި ދެ މީހުންނަށެވެ.
ފުލުހުން މިއަދު ބުނީ އެ ސައިކަލު ދުއްވަން އިން މީހާ، ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައިވާ ކަަމަށެވެ.
ފުލުހުން ހައްޔަރު ކުރީ:
- މުހައްމަދު ސައިފް، 27، އިރުމަތީގޭ/ލ. މާމެންދޫ
- އޭނާގެ ބަންދަށް ކޯޓުން މިހާރު ވަނީ ހަތް ދުވަސް ޖަހާފައި
ފުލުހުން ބުނި ގޮތުގައި، ހައްޔަރު ކުރި މުހައްމަދު ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑު އޮތް މީހެކެވެ. އަދި އަހަރީ ފީ އާއި ރޯޑްވާދިނަސް އާއި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކާއި މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، އެއް ސައިކަލުގައި ތިން މީހުން އަރައިގެން ވަންވޭއާ ހިލާފަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.
އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އިތުރަށް





.gif.gif&w=828&q=100)