logo
logo
އިރާނުން އެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެކަމަށް ހިޔެއް ނުކުރަން، މިހުރީ ސިހުމެއްގައި: ޓްރަމްޕު

އިރާނުން އެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެކަމަށް ހިޔެއް ނުކުރަން، މިހުރީ ސިހުމެއްގައި: ޓްރަމްޕު

2026 މާރިޗު 17
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދޭނެކަމަށް ހީނުކުރާކަމަށާއި، އީރާނުން ހަމަލާ ދިނުމުން މިހުރީ ވަރަށް ބޮޑު ސިހުމެއްގައި ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓަރަމްޕު ބުނެފިއެވެ.

ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އެ ޤައުމުތަކަށް ހަމަލާދޭނެ ކަމަށް އެއްވެސް މީހަކު އުންމީދެއް ނުކުރޭ، އަހަރެމެން ތިބީ ސިހުމެއްގައި،" ކަމުގައެވެ. މިއީ ސީދާ ޖާސޫސީ އިންޒާރުތަކާ ޚިލާފު އިތުރުފުޅެކެވެ. "އެންމެ މޮޅު ތަޖުރިބާކާރުންނަށް ވެސް [އީރާނުން އަމަލުކުރާނެ ގޮތް] އެނގިފައެއް ނެތް" ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް އިތުބާރު ހުރި މަޞްދަރުތަކުން ހާމަކޮށްފައިވާގޮތުން އިޒްރޭލާއި އެމެރިކާ ގުޅިގެން ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައަށްފަހު، އީރާނުން ދީފާނެ ރައްދު ހަމަލާތަކުގެ ފުރިހަމަ މަޢުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރިން އެނގިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާގެ މަޞްދަރުތަކުން ބުނީ، އީރާނަށް ހަމަލާދީފި ނަަމަ، ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި ޢިމާރާތް، ބަޙްރަޔިން އަދި ކުވަޔިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކަށް ރައްދު ހަމަލާ ދޭނެ ކަމުގެ އިންޒާރު ކުރިން ވެސް ޓްރަމްޕަށް ދީފައިވާނެ ކަމުގައެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ މެންބަރުން ވެސް ވަނީ، އެމެރިކާއަށް އޮތް ނުރައްކާތަކަށް ބެއްލެވުމެއް ނެތި ޓްރަމްޕް މި ހަނގުރާމައިގެ ތެރެއަށް ވަދެވަޑައިގަތީ ޞައްޙަ ނޫން މަޢުލޫމާތަށް ބިނާކޮށް ކަމުގައި ވިދާޅުވެ ފާޑުވިދާޅުވެފައެވެ.

އީރާންގެ ވަރުގަދަ ރައްދު ހަމަލާތަކުގައި ޔަހޫދީންނާއި އެމެރިކާއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އީރާނުގެ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 15 ޔަހޫދީން މަރުވެ، 3,369 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި، ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ. އެމެރިކާ ސިފައިންގެ ތެރެއިން 13 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. މީގެ އިތުރުން، މާރިޗު 13 ވަނަ ދުވަހު ޢިރާޤުގެ ހުޅަނގު ސަރަޙައްދަކަށް އެމެރިކާގެ އަސްކަރިއްޔާގެ ތެޔޮ އަޅައިދޭ މަތިންދާބޯޓެއް ވެއްޓި، އޭގައި ތިބި ހަ ފަޅުވެރިން ވަނީ މަރުވެފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް