އިސްރާއީލުން އިރާނަށް ހަމަލާދީފި

އިސްރާއިލުން އީރާނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް އެ ގައުމަށް ހަމަލާ ދީފިއެވެ.
ތަފްސީލެއް ނުދީ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާ ދީފައިވަނީ ވެރިރަށް ތެހެރާންގައި ރައީސް އޮފީހާއި ގައުމީ ސަލާމަތީ ކަންކަމާ ބެހޭ އޮފީސްތައް ހުންނަ ޕާސްޗަ ސްޓްރީޓާއި ސުޕްރީމް ލީޑަރުގެ ކޮމްޕައުންޑާއި އެސެމްބްލީ އޮފް އެކްސްޕާޓްސް ކައިރި އަށެވެ.
މި ހަމަލާއަށް ފަހު މިހާރު ވަނީ އިޒްރޭލުގައި ސައިރަން އަޅައި، އަތުވެދާނެ ރައްދު ހަމަލާއަކުން އާންމުން ރައްކާތެރިވެ ތިބެން އަންގައިފަ އެވެ. އިޒްރޭލުގެ ސަލާމަތީ އިދާރާތަކުން ވަނީ މިއީ ވަރަށް ސީރިއަސް އިންޒާރެއް ކަމަށް ބުނެފަ އެވެ. އަދި މިހާރު ވަނީ މަދަނީ ވައިގެ ދަތުރުތަކަށް އިޒްރޭލުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.
އީރާންގައި ތިބި އޭއެފްޕީގެ ނޫސްވެރިން ބުނީ ވެރިރަށް ތެހެރާންގެ ދެ ދިމާލަކުން ދުން އަރަމުންދާތަން ފެންނަ ކަމަށެވެ. އޭގެ ކުރިން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވުނު ކަމަށް ވެސް ބުންޏެވެ.
އިތުރަށް





.gif.gif&w=828&q=100)