އީރާންގެ އައު ރޫހާނީ ލީޑަރު މުޖްތަބާ އަލް-ޚާމަނާޢީ އަކީ ކާކު؟

އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ ޙުސައިނީ އަލް-ޚާމަނާޢީ ޢައްޔަންކޮށްފިއެވެ. އޭނާ އެ މަޤާމަށް ޢައްޔަންކޮށްފައި ވަނީ، ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، އެ މަޤާމު ކުރިން ފުރުއްވަމުން ގެންދެވި އޭނާގެ ބައްޕާފުޅު، އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދު ކޮށްލުމާ ގުޅިގެންނެވެ.
އީރާނުގެ ރޫހާނީ ލީޑާރުކަމުގެ މަޤާމަށް މުޖްތަބާ ޢައްޔަން ކޮށްފައި ވަނީ އެ ޤައުމުގެ ޤާނޫނުއަސާސީގެ ދަށުން، އެ މަޤާމަށް ބޭފުޅުން ޢައްޔަންކުރުމުގެ ބާރު މަތިކޮށްފައިވާ 88 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ތަޖުރިބާކާރުންގެ މަޖިލީހުންނެވެ.
އުމުރުފުޅުން 56 އަހަރުގެ މުޖްތަބާއަކީ 1979 ގެ އިސްލާމީ އިންޤިލާބަށްފަހު އީރާނުގެ ޒަޢާމަތާ ޙަވާލުވެވަޑައިގަންނަވާ ތިންވަނަ ބޭފުޅާއެވެ. މުޖްތަބާ އަކީ ގިނަ ދުވަސްތަކެއް ވަންދެން މި މަޤާމަށް ޢައްޔަންކުރާނެ ކަމަށް ބެލެވުނު، އީރާނުގެ ސިޔާސީ މަސްރަޙްގައި ނުފޫޒުގަދަ ބޭފުޅެކެވެ.
އީރާންގެ އެންމެ މަތީ ވެރިޔާގެ މަޤާމާ މުޖްތަބާ ޙަވާލުވެވަޑައިގަންނަވާފައި މި ވަނީ އޭނާގެ ޙަޔާތްޕުޅު އެފުށްމިފުށަށް ޖެހިފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާއެއްގައި އޭނާގެ ބައްޕާފުޅުގެ އިތުރުން ޢާއިލާގެ ގިނަ މެންބަރުންތަކެއް ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި އޭނާގެ އަނބިކަނބަލުން، ޛަހްރާ ޙައްދާދް-ޢާދިލްގެ އިތުރުން މަންމާފުޅު އަދި އުޚްތުންނާއި ޢާއިލާގެ އެހެން މެންބަރުން ހިމެނެއެވެ.

މީގެ އިތުރުން މުޖްތަބާ އަކީ ޤުމްގެ ދީނީ މަދަރުސާތަކުގައި ފިޤުހު ޢިލްމުގެ އެންމެ މަތީ ފިލާވަޅުތައް އުނގަންނައިދެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ސަރުކާރުގެ އެއްވެސް ރަސްމީ އިދާރީ މަޤާމެއް ނުވަތަ އިންތިޚާބީ މަޤާމެއް މީގެ ކުރިން ފުރުއްވާފައިވާ ބޭފުޅެއް ނޫނެވެ.
ބޭރުގެ މާހިރުން ބުނާ ގޮތުގައި މުޖްތަބާއަކީ ދައުލަތުގެ ކަންކަން ހިންގުމުގެ އަމަލީ ތަޖުރިބާ މަދު ބޭފުޅެކެވެ. 1980 ގެ އަހަރުތަކުގައި ކުރެވުނު އީރާން-ޢިރާޤު ހަނގުރާމައިގައި އޭނާ ވަނީ އީރާންގެ އަސްކަރިއްޔާގައި ޚިދުމަތް ކުރައްވާފައެވެ.
އީރަނުގެ ރޫހާނީ ލީޑަރުގެ މަގާމާއި މުޖުތަބާ ހަވާލުވެފައި މިވަނީ އީރާނުގެ ހާލަތު ވަރަށް ނުރައްކާތެރި ދަނޑިވަޅެއްގައެވެ. ޔަހޫދީން ވަނީ އީރާނުގެ ރޫހީ ވެރިޔާގެ މަޤާމާ ދެން ޙަވާލުވެ ވަޑައިގަންނަވާ ބޭފުޅަކަށް އަމާޒުކޮށް ޙަމަލާދީ، ޝަހީދު ކޮށްލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ.
އިތުރަށް

.gif.gif&w=828&q=100)