
ހަނގުރާމަ މަޑު ޖައްސާލާނެ ކަމަށް ޓްރަމްޕު ބުނުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުޑަކޮށް ހެޔޮ ވެއްޖެ
ތިން ހަފުތާާ ކުރިން ފަށާފައިވާ، މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި އީރާނާ ދެމެދު "ވަރަށް ރަނގަޅު" މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށާއި އެހެންވެ އީރާންގެ އިންޖީނުގެތަކަށް ހަމަލާދިނުން ފަސް ދުވަހަށް މަޑުޖައްސާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮ ވެއްޖެ އެވެ.
ހަނގުރާމަ ހުއްޓާލަން ވާހަކަ ދައްކާ ކަމަށް ބުނުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަގުތުން ދަށަށް ގޮސްފައިވާއިރު، ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަ "އެކޮށް ހުއްޓާލުމަށް" އެމެރިކާ އާއި އީރާނާ ދެމެދު ވޭތުވެދިޔަ ދެ ދުވަހު "ނަތީޖާ ނެރެވޭ ފަދަ ވާހަކަތަކެއް" ދެކެވުނު ކަމަށެވެ.
މި މަޝްވަރާތަކަށް ބިނާކޮށް، "މިހާރު ކުރިއަށްދާ ބައްދަލުވުންތައް ކާމިޔާބުވާ ނަމަ، ކުރިއަށް އޮތް ފަސް ދުވަހުގެ މުއްދަތަށް، އީރާނުގެ އިންޖީނުގެތަކާއި ހަކަތައިގެ ވަސީލަތްތަކަށް ދޭން ނިންމާފައިވާ އެންމެހާ އަސްކަރީ ހަމަލާތައް ފަސްކުރުމަށް" ޕެންޓަގަންއަށް އަންގާފައިވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ކުރިން ހާމަކޮށްފައިނުވާ މި މަޝްވަރާތައް "މި ހަފުތާގެ ނިޔަލަށް ކުރިއަށްދާނެ" ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ހަނގުރާމަ ދިގުލައިގެން ގޮސްފި ނަމަ، ތެޔޮ ލިބޭ މިންވަރު ކޮންމެ ދުވަހަކު މަދުވެ، 1970 ގެ އަހަރުތަކުގައި ކުރިމަތިވި ތެލުގެ ދަތިކަމާއި ރަޝިޔާއިން ޔޫކްރެއިންއަށް އެރުމުން ކުރިމަތިވި ދަތިކަމަށްވުރެ ބޮޑު ކާރިސާއެއް ދުނިޔެއަށް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ ވެރިޔާ ވަނީ ރޭ ދެއްވައިފަ އެވެ.
މި ކަންބޮޑުވުންތަކާ އެކު ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އެރި ނަމަވެސް، ޓްރަމްޕްގެ މިއަދު އިއުލާނާ އެކު އަގުތައް ވަނީ ވަރަށް ބޮޑަށް ތިރިވެފަ އެވެ.
ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ "ބްރެންޓް ނޯތު ސީ" ސާފުނުކުރާ ތެލުގެ އަގު 14 ޕަސެންޓަށްވުރެ ބޮޑަށް ދަށްވެ، ފީފާއެއް 96 ޑޮލަރަށް ވެއްޓުނުއިރު، އެމެރިކާގެ "ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް" ވެސް ވަނީ 14 ޕަސެންޓަށް ބޮޑަށް ދަށްވެ، ފީފާއެއް 84.37 ޑޮލަރަށް ތިރިވެފަ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހަނގުރާމައިގައި އީރާނުން މަރުވި މީހުންގެ އަދަދު 1،407 އަށް އަރައިފި2026 މާރިޗު 23
އިރާނުން އެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެކަމަށް ހިޔެއް ނުކުރަން، މިހުރީ ސިހުމެއްގައި: ޓްރަމްޕު2026 މާރިޗު 17
އީރާންގެ އައު ރޫހާނީ ލީޑަރު މުޖްތަބާ އަލް-ޚާމަނާޢީ އަކީ ކާކު؟2026 މާރިޗު 09
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި2026 މާރިޗު 09