
ހަނގުރާމަ ހުއްޓާލަން އީރާނަށް ޓްރަމްޕުގެ ސުލްހައިގެ ޕްލޭނެއް، ތެލުގެ އަގު ދަށަށް!
ގާތްގަނޑަކަށް މަހެއްހާ ދުވަހަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމުގެ އުންމީދު ބޮޑުވެއްޖެ ކަމަށް ވިދާޅުވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ސުލްހައިގެ ޕްލޭނެއް ފޮނުއްވައިފި އެވެ.
އޯވަލް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު މިކަން ހާމަކުރެއްވުމާއި ހޮރްމޫޒް ކަނޑޯޅިން "ދުޝްމަން ނޫން" ގައުމުތަކުގެ ތެޔޮ ބޯޓުތަކަށް ދަތުރުކުރެވޭނެ ކަމަށް އީރާނުން ވެސް އިއުލާނުކުރުމާ އެކު ތެލުގެ އަގު ވަނީ ދަށްވާން ފަށައިފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބަލާ މިންގަނޑު ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު، ބުދަ ދުވަހު ހަ ޕަސެންޓާ ގާތަށް ދަށަށް ދިޔަ އެވެ.
ޖީއެމްޓީން ދަންވަރު 12:30 ހާއިރު، ބްރެންޓްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 5.92 ޕަސެންޓް ދަށްވެ، 98.30 ޑޮލަރަށް ވެއްޓި ފައެވެ. އެމެރިކާގެ ތެލުގެ މައި ކޮންޓްރެކްޓް ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގު ވަނީ 5.01 ޕަސެންޓް ދަށްވެ، 87.72 ޑޮލަރަށް ތިރިވެފަ އެވެ.
ޓްރަމްޕުގެ ސުލްހައިގެ ޕްލޭން
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއިން ވަނީ 15 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއް އީރާނަށް ފޮނުވައިފަ އެވެ. މި ޕްލޭންގައި ހިމެނޭ މުހިންމު ބައިތަކަކީ:
- އެއް މަސް ދުވަހަށް ހަމަލާތައް ހުއްޓާލުން: ދެ ފަރާތުން އެއް މަސް ދުވަހަށް ހަނގުރާމަ ހުއްޓާލައި މަޝްވަރާ ފެށުން.
- ނިއުކްލިއާ ހަތިޔާރު މަނާކުރުން: އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލައި، މިހާރު ހުރި ޔުރޭނިއަމްތައް ހަވާލުކުރުން.
- ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން: ޝަރުތުތަކަށް އީރާނުން އެއްބަސްވެއްޖެ ނަމަ، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުން.
- މަދަނީ ނިއުކްލިއާ އެހީ: ބޫޝެހްރުގައި ހުރި އީރާނުގެ މަދަނީ ނިއުކްލިއާ މަރުކަޒު ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ކަނޑޯޅި ހުޅުވާލުން: ހޮރްމޫޒް ކަނޑޯޅިން ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ މަގު އީރާނުން ދާއިމީކޮށް ކަށަވަރުކޮށްދިނުން.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހަނގުރާމާގައި ބައިވެރިނުވާ ގައުމުތަކުގެ އުޅަނދުތަކަށް ހޮރްމޫޒް ކަނޑޯޅިން ދެވޭނެކަން އީރާނުން އަންގައިފި2026 މާރިޗު 25
ހަނގުރާމަ މަޑު ޖައްސާލާނެ ކަމަށް ޓްރަމްޕު ބުނުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުޑަކޮށް ހެޔޮ ވެއްޖެ 2026 މާރިޗު 24
ހަނގުރާމައިގައި އީރާނުން މަރުވި މީހުންގެ އަދަދު 1،407 އަށް އަރައިފި2026 މާރިޗު 23
އިރާނުން އެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެކަމަށް ހިޔެއް ނުކުރަން، މިހުރީ ސިހުމެއްގައި: ޓްރަމްޕު2026 މާރިޗު 17