logologologologo
STO
ވިޔަފާރި

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް 25 ބިލިއަން ޑޮލަރުގެ ގެއްލުން

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް 25 ބިލިއަން ޑޮލަރުގެ ގެއްލުން
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 19

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ވިޔަފާރިތަކަށް މިހާތަނަށް 25 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ރޮއިޓަރސް ނޫހުން ކުރި ދިރާސާއެއްގައި ބުނެފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް މި ޣައިރުޤާނޫނީ ހަނގުރާމަ ފެށިފަހުން، ހަކަތައިގެ އަގުތައް އުފުލުމާއި، މުދާ ސަޕްލައިކުރުމުގެ ވިއުގަތަކަށް އައިސްފައިވާ ލޮޅުންތަކުގެ ސަބަބުން، އެމެރިކާ، ވިލާތު އަދި އޭޝިއާގެ ކުންފުނިތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް، ގިނަ ކުންފުނިތަކެއްގެ މާލީ ބަޔާންތަކުން އެއްކޮށްފައިވާ މަޢުލޫމާތާ ޙަވާލާދީ އެ ނޫހުން ބުންޏެވެ.

ރޮއިޓަރސްއިން ބުނި ގޮތުގައި، މަދުވެގެން 279 ކުންފުންޏަކުން މާލީ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އަޅާފައިވާއިރު، އޭގެ ތެރޭގައި، މުދަލުގެ އަގު ބޮޑުކުރުމާއި، މުދާ އުފައްދާ މިންވަރު މަދުކުރުމާއި، ޙިއްސާގެ ފައިދާ ބެހުން މަޑުޖައްސައިލުމާއި، މުވައްޒަފުން މަދުކުރުމާއި ސަރުކާރުން މާލީ އެހީ ހޯދުން ހިމެނެއެވެ.

މިގޮތުގައި ކުރިއަށްދާނަމަ، މި އަހަރުގެ ދެވަނަ ކުއާޓަރަށްފަހު، ކުންފުނިތަކުގެ ފައިދާ އެތައް ގުނައަކުން ދަށަށް ގޮސް، ތަކެތީގެ އަގު މަތިވުމުގެ އަސަރު އާންމުންނާ ހަމައަށް ފޯރާނެކަމަށް މާހިރުން ލަފާކުރައްވައެވެ.

ޔަހޫދީންނާއި އެމެރިކާއިން ދެމުންދިޔަ ޢުދުވާނުގެ ރައްދުގައި، އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.

އެއާ އެކު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 100 އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ. ތެލުގެ އިތުރުން، ގަސްކާނާ އާއި އެލުމީނިއަމް އާއި މުދާ އުފެއްދުމުގައި ބޭނުންކުރާ އަސާސީ ތަކެތީގެ އަގުތައް ވެސް ވަނީ ސަޕްލައި ވިއުގަތަކަށް އައި ލޮޅުންތަކުގެ ސަބަބުން އިންތިހާއަށް އުފުލިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް