އެމެރިކާ ރައްޔިތުން ބޮޑު ތަނުން ޓުރަމްޕަށް ނޫނެކޭ ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ މެދު އާންމުންގެ ނުރުހުން ބޮޑުވެ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ބޮޑު އަޣުލަބިއްޔަތެއް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކޮށްފިއެވެ.
އިންތިޚާބުގެ ފަހުގެ ނަތީޖާތައް ދައްކާގޮތުން، ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ކަމަށްވާ ސެނެޓުގެ 100 ގޮނޑީގެ ތެރެއިން މިފަހަރު އިންތިޚާބު ބޭއްވި 30 ގޮނޑީގެ ތެރެއިން 25 ގޮނޑިއެއްގެ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފައެވެ. ސެނެޓުގައި ކުރިންވެސް ތިއްބެވި މެންބަރުންނާއެކު ޑިމޮކްރެޓުން ވަނީ މިހާތަނަށް 51 ގޮނޑި ކަށަވަރުކޮށް، ސެނެޓުގެ އަޣުލަބިއްޔަތު ހޯދާފައެވެ. މިއާއެކު ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ލިބިފައިވަނީ 39 ގޮނޑިއެވެ. އެހެންކަމުން، ބާކީ ހުރި 10 ގޮނޑި ރިޕަބްލިކަންއަށް ލިބުނު ކަމުގައިވިޔަސް ސެނެޓުގެ ކޮންޓްރޯލް އޮންނާނީ ޑިމޮކްރެޓުންގެ އަތުގައެވެ.
މީގެއިތުރުން، ތިރީގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 435 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި ވޯޓުގައި، މިހާތަނަށް ގުނުނު 282 ގޮނޑީގެ ތެރެއިން 176 ގޮނޑި ޑިމޮކްރެޓުން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ލިބިފައިވަނީ 106 ގޮނޑިއެވެ.
މި ނަތީޖާއާއެކު ރައީސް ޓްރަމްޕްގެ ސަރުކާރަށް ކުރިއަށްއޮތް ތަނުގައި ގާނޫނީ އަދި ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
އިތުރަށް





.gif.gif&w=828&q=100)