logologologologo
STO
ޚަބަރު

ސައޫދީއާއެކު ހެދި ނިއުކްލިއާ އެއްބަސްވުން އޮތީ އިސްރާއީލު ގަބޫލުކުރުމުގެ ޝަރުތުގެ މައްޗަށް: އެމެރިކާ

ސައޫދީއާއެކު ހެދި ނިއުކްލިއާ އެއްބަސްވުން އޮތީ އިސްރާއީލު ގަބޫލުކުރުމުގެ ޝަރުތުގެ މައްޗަށް: އެމެރިކާ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 24

ސަޢޫދީއާއެކު ހެދި ނިއުކްލިއާ އެއްބަސްވުން އޮތީ އިސްރާއީލު ގަބޫލުކުރުމުގެ ޝަރުތުގެ މައްޗަށް ކަމަށް އެމެރިކާއިން ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ރަސްމީ ގަނޑުވަރު، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ބުރާސްފަތި ދުވަހު އަލުން ތަކުރާރުކުރެއްވި ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕް ސަޢޫދީ ޢަރަބިއްޔާއާއެކު ހަދާ މަދަނީ ނިއުކްލިއާ އެއްބާރުލުމުގެ އެއްބަސްވުން ޝަރުތުކުރައްވާފައި ވަނީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަށްޓަކައި ރިޔާޟުން އަބްރަހަމް އެކޯޑްސްގައި ސޮއިކުރުމުގެ މައްޗަށް ކަމަށެވެ.

ސަޢޫދީން އަބްރަހަމް އެކޯޑްސްގައި ބައިވެރި ނުވެއްޖެނަމަ، އެއްބަސްވުން ބާތިލުވާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ނަމަވެސް، ސަޢޫދީ ޢަރަބިއްޔާއިން އަބަދުވެސް ބުނަމުން ދަނީ ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް އިތުބާރު ހުރި މަގުޗާޓެއް ނެތި އިސްރާއީލާއެކު ގުޅުން ގާއިމުނުކުރާނެ ކަމަށެވެ.

ޓްރަމްޕްގެ މި އިޢުލާނުގެ ކުރިން، ވޮޝިންޓަނާއި ރިޔާޟުން އޮތީ އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރިއެކްޓަރުތައް ބިނާކުރުމުގެ ހުއްދަ ސަޢޫދީއަށް ދިނުމަށް އެއްބަސްވެފައެވެ.

މި ދެ ޤައުމުގެ އެއްބަސްވުމާއި ގުޅިގެން ކުރިން އާންމުވެފައިވާ ރިޕޯޓްތަކުން ދައްކާ ގޮތުގައި، ވޮޝިންޓަނުން ކުރިން އީރާނުގެ ކިބައިން އެދުނު ފަދަ، އދ. ގެ އަވަސް އިންސްޕެކްޝަންތަކާ ނުލައި، ސަޢޫދީ އަރަބިއްޔާއަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އަބްރަހަމް އެސްކޯޑަކީ 2020 ގެ ފަހުކޮޅުގައި، އެމެރިކާ މެދުވެރިވެގެން އިސްރާއީލާއި ޢަރަބި ބައެއް ޤައުމުތަކާ ދެމެދު ސޮއި ކުރެވުނު އެއްބަސްވުންތަކެކެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ އިސްރާއީލާއި ޢަރަބި ޤައުމުތަކުގެ މެދުގައި އޮތް ނުރަނގަޅު ގުޅުންތައް އާންމު ޙާލަތަކަށް ގެނެސް ސިޔާސީ، އިޤްތިޞާދީ އަދި ސަލާމަތީ ގުޅުންތައް ގާއިމުކުރުމެވެ.

 

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް