ސަޢޫދީ ޢަރަބިއްޔާއަށް ދޭން އުޅުނު ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސަޢޫދީ ޢަރަބިއްޔާއަށް ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާއި ގުޅިގެން ދިވެހި ޚާރިޖީ ވުޒާރާއިން މިއަދު އާންމުކުރި ބަޔާނުގައި ބުނީ، ސަޢޫދީ ޢަރަބިއްޔާގެ ރިޔާދާއި އިރުމަތީ ޕްރޮވިންސްގައިވާ ތެޔޮ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށްގެން ދޭން އުޅުނު ނުރައްކާތެރި ހަމަލާތައް ރާއްޖޭން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ބަޔާނުގައި ބުނީ، މި އަމަލަކީ ސަޢޫދީ ޢަރަބިއްޔާގެ ސިޔާދަތާއި އިސްތިޤްލާލަށް އަރައިގަތުމަށް ހިންގި ފާޅުކަން ބޮޑު އަމަލެއް ކަމަށެވެ. އަދި މިއީ މުޅި ސަރަޙައްދީ ސުލްޙައާއި، ސަލާމަތާއި، ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ރާއްޖޭން ދެކޭކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޚާރިޖީ ވުޒާރާއިން ބުނީ، ސަޢޫދީ އަރަބިއްޔާއަށް ގެއްލުން ދިނުމަށް ރާވަމުން އަންނަ މިފަދަ ކަންކަމަކީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުޞޫލުތަކާއި ޚިލާފުކަމެއް ކަމަށެވެ.
ރާއްޖެ އަބަދުވެސް އޮންނާނީ އެކުވެރިކަމާއެކު ސަޢޫދީ އަރަބިއްޔާގެ ސަރުކާރާއި، ރައްޔިތުންނާއި އެކުގައިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި، ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓައި ރައްކާތެރިކަމަށް ސަޢޫދީ އަރަބިއްޔާއިން ކުރާ މަސައްކަތްތަކާއި، އަޅާ ފިޔަވަޅުތަކަށް ރާއްޖޭން ފުރިހަމައަށް ތާއީދުކުރާކަން ދިވެހި ސަރުކާރުން ހާމަކޮށްފައިވެއެވެ.
އިތުރަށް





.gif.gif&w=828&q=100)