logologologologo
STO
ދުނިޔެ

މިޑްޓާމް އިންތިޚާބު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ އެންމެނަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް

މިޑްޓާމް އިންތިޚާބު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ އެންމެނަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 10

ކުރިއަށް އޮތް އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޓީމައަށް ކޮންގްރެސްގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ، އެމެރިކާގެ ކޮންމެ މީހަކަށް 5،000 އެމެރިކާ ޑޮލަރުގެ "ޓްރަންޕް ޑިވިޑެންޑް" އެއް ދޭނެ ކަމަށް ޑޮނަލްޑް ޓްރަންޕް ވަޢުދުވެވަޑައިގެންފިއެވެ.

ޓްރަންޕް މިކަން އިއުލާނު ކުރެއްވީ ޓެކްސަސްގެ ޑެލާސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ އެންމެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމެރިކާގައި 270 މިލިއަނަށްވުރެ ގިނަ ވޯޓުލެވޭ މީހުން އުޅޭއިރު، ޓްރަންޕްގެ މި ވަޢުދުފުޅު ފުރިހަމަކުރުމަށް ގާތްގަނޑަކަށް 1.35 ޓްރިލިއަން ޑޮލަރު ހޭދަވާނެއެވެ. ނަމަވެސް، މި ފައިސާ ދޫކުރާނެ ގޮތެއް ނުވަތަ ޤާނޫނީގޮތުން މިކަން ކުރެވޭނެ ގޮތެއް އޭނާ ސާފުކޮށްދެއްވާފައެއް ނުވެއެވެ. އާންމުންގެ ތާއީދު ކުޑަވަމުންދާ ދަނޑިވަޅެއްގައި، 1 ގަޑިއިރާއި 45 މިނެޓަށް ދެމިގެންދިޔަ މި ތަޤްރީރުގައި ޓްރަންޕް ވަނީ، އޭނާގެ ރިޔާސަތުގެ ފުރަތަމަ ދެ އަހަރަކީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ދެ އަހަރު ކަމަށް ވިދާޅުވެފައެވެ.

މިޑްޓާމް އިންތިޚާބަށް ދެ މަހަށްވުރެ ކުރު މުއްދަތެއް އޮތްއިރު، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި އީރާނާއެކު ކުރެވޭ ހަނގުރާމައާ ގުޅިގެން އާންމުންގެ ނުރުހުން ވަނީ ބޮޑުވެފައެވެ. އީރާން ހަނގުރާމައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަންޕް ވިދާޅުވީ، އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާއެކު، ހަނގުރާމަ ކާމިޔާބުވުމުން ތެލުގެ އަގުތައް ތިރިވެގެންދާނެ ކަމަށެވެ.

ކޮންވެންޝަންގައި ވާހަކަދެއްކެވި ގިނަ ބޭފުޅުން ވަނީ ޑިމޮކްރެޓިކް ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ ހައްދުފަހަނައަޅާފައިވާ "ސޯޝަލިސްޓުން" ކަމަށް ސިފަކުރައްވާފައެވެ.

އަންނަ ނޮވެމްބަރު 3 ގައި ބާއްވާ މިޑްޓާމް އިންތިޚާބަކީ ދެ ޕާޓީއަށްވެސް ވަރަށް މުހިންމު އިންތިޚާބެކެވެ. ޚިޔާލު ހޯދުމުގެ ސަރވޭތަކުން ދައްކާގޮތުގައި ޑިމޮކްރެޓުންގެ ތާއީދު އިތުރުވަމުންދާއިރު، ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ ކޮންމެވެސް އެއް މަޖިލީހެއްގެ އަޣުލަބިއްޔަތު ގެއްލުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް