logologologologo
STO
ދުނިޔެ

ޓްރަމްޕް ބަރުދަން ލުއިކުރަން ޖެހޭ - މެޑިކަލް ރިޕޯޓް

ޓްރަމްޕް ބަރުދަން ލުއިކުރަން ޖެހޭ - މެޑިކަލް ރިޕޯޓް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 01

އެމެރިކާގެ ތާރީހުގައި އެގައުމުގެ ވެރިކަމާއި ހަވާލުވެ ހުވާ ކުރި އެންމެ އުމުރުން ދޮށީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސިއްހަތު ރަނގަޅު ކަމަށާއި އެކަމަކު ބަރުދަން ހުރީ އެކަށީގެންވާ ވަރަށް ވުރެ މަތީގައި ކަމަށް ވާތީ ބަރުދަން ލުއިކުރަންޖެހޭ ކަމަށް ޓްރަމްޕުގެ ޑޮކްޓަރު ވިދާޅުވެއްޖެއެވެ.

ކެޕްޓަން ޑރ. ސީން ބާބަބެލާ، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓްއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އަންނަ މަހު 80 އަހަރު ފުރޭ ޓްރަމްޕްގެ ހިތުގެ ހިނގުމާއި، ފުއްޕާމެޔާއި، ނާރުތަކުގެ ނިޒާމާއި ޖިސްމާނީ ގޮތުންނާއި އަދި ހުރިހާ ގޮތަކުން ސިއްހަތު ވަރަށް ރަނގަޅު ކަމަށެވެ

އަދި ހަމަ އެއާއި އެކު، ޓްރަމްޕްގެ އަތުގައި ހުރި ލަތްގަނޑާއި ބަރުދަން އިތުރުވެފައިވީ ނަމަވެސްގައުމުގެ ރައީސްކަމާއި ކޮމާންޑަ އިން ޗީފްގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ޓްރަމްޕު ހުރީ ފުރިހަމަ ސިއްހަތެއްގަައި ކަމަށްވެސް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.

އަންނަ މަހު 80 އަހަރު ފުރޭ ޓްރަމްޕްގެ ބަރުދަން މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 6.3 ކިލޯ އިތުރުވެ، މިހާރު ބަރުދަނުގައި 108 ކިލޯ ހުރުމާއި އެކުޑޮކްޓަރު ވަނީ ބަރުދަން ލުއިކުރުމަށް އިރުޝާދު ދެއްވައިފައެވެ.

ވައިޓް ހައުސްގެ ފަރާތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެޑިކަލް ރިޕޯޓް އާންމުކުރީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް