އީރާނަށް އަލުން ހަމަލާ ނުދިނީ ގަލްފުގެ ގައުމުތަކުން އެދިގެން: ޓްރަމްޕް

އީރާނާ ދެކޮޅަށް އަލުން ވަރުގަދަ ހަމަލާއެއް އަންގާރަ ދުވަހު ދޭން އޮތީ ނިންމާފައި ކަމަށާއި އެކަމަކު މިހާރު އޮތް ހަމަލާ މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން އަދިވެސް ދާއިމީ ސުލްހައެއްގެ އުންމީދު އޮތުމުން ހަމަލާ ނުދިނީ ގަލްފުގެ ގައުމުތަކުގެ އެދުމުގެ މަތިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
އެމެރިކާ އާއި އިޒްރޭލުން ގާތްގަނޑަކަށް ހަ ހަފުތާގެ މުއްދަތަށް ދިން ހަމަލާތައް މެދުކަނޑާލި އެއްބަސްވުން ނިމުމަކަށް ގެނެސްފި ނަމަ، އީރާނުން ވެސް ރައްދުގައި ހަމަލާދޭނެ ކަމުގެ އިންޒާރު ގަލްފުގެ ގައުމުތަކަށް ވަނީ ދީފަ އެވެ.
ޓްރަމްޕް އޭނާގެ މީސް މީޑިއާގެ މަންސަ ޓްރޫތްގައި ބުނެފައިވާގޮތުގައި ގޮތުގައި އެކަން އަނބުރާ ގެނައީ "ސީރިއަސް މަޝްވަރާތައް" މިހާރު ކުރިއަށްދާތީއެވެ.
"އެމެރިކާ އާއި މެދުއިރުމަތީގެ ހުރިހާ ގައުމަކަށް ވެސް ވަރަށް ބޮޑަށް ގަބޫލު ކުރެވޭނެ އެއްބަސްވުމެއް އެކުލަވާލާނެ،". ޓްރަަމްޕް ބުނެފައި ވެއެވެ.
އެހެން ނަމަވެސް، އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް ހޯދި ކަމެއް އަދި ނޭނގެއެވެ.
ނަމަވެސް ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ތާނީ އާއި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފަދަ ލީޑަރުންގެ އެދުމުގެ މަތިން އީރާނަށް ހަމަލާދިނުން ފަސްކޮށްފައިވާ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.
ނަމަވެސް، ބަލައިގަނެވޭނެ ފަދަ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ކުއްލި ގޮތަކަށް އީރާނަށް ބޮޑު، އަދި ފުޅާ ދާއިރާއެއްގައި ހަމަލާއެއް ދިނުމަށް ތައްޔާރުވެ ތިބުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަމުރުކުރައްވާފައިވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ފަހުން ވައިޓް ހައުސްގެ ހަފުލާއެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "ވަރަށް ހެޔޮ ބަދަލެއް" ފެންނަމުންދާ ކަމަށާއި، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވޭނެ ފަދަ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް އަރަބި ބައިވެރިން ބުނެފައިވާ ކަމަށެވެ. އީރާނުން އަބަދުވެސް ބުނަމުންދަނީ ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާ ކަމަށެވެ.
ޓްރަމްޕް މިގޮތަށް ބުނެފައިވާއިރު، މީގެ އެއް ދުވަސް ކުރިން އޭނާ ވަނީ އެއްބަސްވުމަކަށް އައުމަށް އީރާނަށް އޮތް ވަގުތު ކުޑަތަންވަމުން އަންނަ ކަމަށް ބުނެ އިންޒާރު ދީފައެވެ. މިގޮތުން އީރާނުން ނިއުކްލިޔާ ޕްރޮގްރާމް ހުއްޓާލުމަށްފަހު، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އޭނާ ދީފައި ވެއެވެ. އަދި އީރާނުގެ ވަގުތު ކުޑަތަން ވަމުން އަންނަ ކަމަށް ވެސް ވަނީ އިންޒާރު ދީފައެވެ.
މި ހަނގުރާމަ މެދުކަނޑާލާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 8 ވަނަ ދުވަހުއެވެ. އޭގެ ފަހުން 2 ގައުމުން ވެސް ވަނީ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓާލުމަށް ހުށަހެޅުންތައް ހުށަހަޅާފައެވެ. ނަމަވެސް އެންމެ އެދެވޭ ކަހަލަ ހުށަހެޅުމެއް ނެތުމުން، އެކަން ހައްލު ކުރެވޭ ގޮތެއް މިއަދާއި ހަމައަށް ނުވެއެވެ.
އިތުރަށް





.gif.gif&w=828&q=100)