ބާޒާރުގެ އަގުތަކަށް ބަދަލު އަންނަނީ ސަރުކާރުގެ ސަބަބަކުން ނޫން، ހަނގުރާމައިގެ ސަބަބުން: ވިޔަފާރިވެރިން
.jpg&w=1920&q=100)
ރާއްޖޭގެ ބާޒާރުގައި މުދަލާއި ތަކެތީގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އަންނަ ބަދަލުތަކެއް ނޫން ކަމަށާއި، އެއީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ ދުންޔަވީ މާކެޓަށް އަންނަ ލޮޅުންތަކުގެ ނަތީޖާ ކަމަށް ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ބުނެފިއެވެ.
ވިޔަފާރިވެރިން މިހެން ބުނެފައިވަނީ، ތަކެތީގެ އަގަށް އަންނަ ބަދަލަކީ ސަރުކާރުން ކުރާ ކަމެއްގެ ސަބަބުން އަންނަ ބަދަލެއް ކަަމަށް ދޭހަވާ ގޮތަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެނެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މުދާ އުފުލުމުގައި ބައިނަލްއަޤްވާމީ ގޮތުން ބޭނުންކުރާ މައިގަނޑު އެއް ކަނޑުއޮޅި ކަމަށްވާ ހުރުމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، މުދާ އުފުލުމުގެ ޚަރަދު (ފްރައިޓް) ވަނީ އެތައް ގުނައަކަށް ބޮޑުވެފައެވެ.
މިކަމާ ގުޅޭގޮތުން ރާއްޖެއަށް އެންމެ ފުޅާދާއިރާއެއްގައި މުދާ އެތެރެކުރާ ލިލީ އެންޓަޕްރައިސަސްގެ އެމްޑީ އަހުމަދު ނާސިރު ވިދާޅުވީ:
- 20 ފޫޓުގެ ކޮންޓެއިނަރު: ހަނގުރާމައިގެ ކުރިން އަރަބިކަރައިން 1,600 ޑޮލަރަށް ގެނެވުނު ކޮންޓެއިނަރެއްގެ ފްރައިޓް މިހާރު ވަނީ 2,750 ޑޮލަރަށް އުފުލިފައެވެ.
- 40 ފޫޓުގެ ކޮންޓެއިނަރު: ކުރިން 4,000 ޑޮލަރަށް އުޅުނު ފްރައިޓް އަގު މިހާރު ވަނީ 8,000 ޑޮލަރަށް ބޮޑުވެފައެވެ.
މިފަދަ ބޮޑެތި ބަދަލުތަކުގެ އަސަރު އެތެރެކުރާ މުދަލުގެ އަގަށް ކުރާނެ ކަމަށް ނާސިރު ފާހަގަކުރެއްވިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އަގުތަކަށް އަންނަ ބަދަލުގެ މައިގަނޑު ސަބަބުތަކަކީ ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕްކުރުމުގެ ނަތީޖާއާއި ބައިނަލްއަޤްވާމީ ހަނގުރާމައިގެ ސަބަބުން ފްރައިޓް އަގުތައް އުފުލުން ކަމަށެވެ.
ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި:
- އަސާސީ މުދަލުގެ އަގު ކޮންޓްރޯލްކުރުން: މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ކަންކޮށްފައި ނުވާ މިންވަރަށް، މި ސަރުކާރުން ވަނީ އަސާސީ 10 ބާވަތުގެ ތަރުކާރީއާއި، 10 ބާވަތުގެ މޭވާ އަދި 3 ބާވަތުގެ ކާނާ ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖައްސަން ވިޔަފާރިވެރިންނާއެކު މަސައްކަތް ފަށާފައެވެ.
- ސަޕްލަޔަރުންގެ ގުޅުން: އެމް.އެޗް.އޭގެ އެޗްއާރް އެންޑް އެޑްމިން މެނޭޖަރ އާލިމް އާދަމް ފާހަގަކުރެއްވި ގޮތުގައި، ބޭރުގެ ބޮޑެތި ސަޕްލަޔަރުންނާއެކު (މިސާލަކަށް ނެސްލޭ ފަދަ) އޮންނަ ގާތް ގުޅުމުގެ ސަބަބުން، މާކެޓަށް އަންނަ ބައެއް ބަދަލުތައް ހިފަހައްޓައި، އަގުތައް އެއްވަރެއްގައި ދަމަހައްޓަން އެހީތެރިވެދެއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ދުނިޔޭގެ މަސްރަޙުގެ ސަބަބުން ދިމާވެފައިވާ މި ހާލަތުން އަރައިގަނެ، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިތުރަށް

.webp&w=3840&q=100)
.jpg&w=3840&q=100)


.gif.gif&w=828&q=100)