logologologologo
STO
ދުނިޔެ

ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ، ކެނެޑާގެ ބައެއް މުދަލުން 50 އިންސައްތައިގެ ޓެރިފެއް ނަގަން ޓްރަމްޕް ނިންމައިފި

ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ، ކެނެޑާގެ ބައެއް މުދަލުން %50 ގެ ޓެރިފެއް ނަގަން ޓްރަމްޕް ނިންމައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 21

އެމެރިކާގެ ކިރުގެ އުފެއްދުންތަކަށާއި، އަލްކޯހޯލް އަދި ވެހިކަލްތަކަށް ކެނެޑާއިން ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ، ކެނެޑާގެ ގިނަ މުދަލަކުން 50 އިންސައްތައިގެ އާ ޓެރިފެއް ނަގަން އެމެރިކާގެ ރައީސްޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، ހޯމަ ދުވަހު އަމުރުކުރި މި ޓެރިފްތަކަށް 30 ދުވަސް ތެރޭގައި އަމަލުކުރަން ފަށާނެއެވެ. މީގެ ތެރޭގައި ވައިން، ހޮކީ ސްޓިކް އަދި ސިމެންތި ފަދަ އެކި ބާވަތްތަކުގެ މުދާ ހިމެނެއެވެ.

ނަމަވެސް، ކެނެޑާއިން އެކްސްޕޯޓްކުރާ މުހިންމު ބައެއް ބާވަތްތައް ކަމަށްވާ ހަކަތަ، ޕޮޓޭޝް، ކްރިޓިކަލް މިނަރަލްސް އަދި މަހުގެ އުފެއްދުންތައް މި ޓެރިފްތަކުން އިސްތިސްނާވާނެއެވެ.

މި ނިންމެވުމާ ގުޅިގެން ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވީ، އެމެރިކާގެ މި ފިޔަވަޅަކީ އުތުރު އެމެރިކާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން (USMCA) އާ "ސީދާ ހިލާފު" ނިންމެވުމެއް ކަމަށެވެ. ނަމަވެސް، ދެ ގައުމުގެ މެދުގައި އުފެދިފައިވާ މި ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި އެމެރިކާއާއެކު ބާއްވާ މަޝްވަރާތައް "އިތުރަށް ވަރުގަދަކުރުމަށް" ކެނެޑާ އޮތީ ތައްޔާރަށް ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ޓެރިފް ނަގަން ނިންމި ނިންމުމާއެކު ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ގޯސްވެދާނެކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިންގެ މެދުގައި ވަނީ އުފެދިފައެވެ.

ވޭތުވެދިޔަ އަހަރު ރިޔާސަތަށް އެނބުރި ވަޑައިގެންފަހުން އެމެރިކާގެ ވިޔަފާރި ބައިވެރިންނާ ދެކޮޅަށް ޓްރަމްޕް ވަނީ ވަރުގަދަ ޓެރިފްތަކެއް އަޅުއްވާފައެވެ. ނަމަވެސް، އުތުރު އެމެރިކާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެމެރިކާއަށް އެތެރެކުރާ މުދާ މީގެ ކުރިން އޮތީ އިސްތިސްނާކޮށްފައެވެ.

އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއާއެކު އޮތް ގުޅުމަށް ބުރޫއަރާފަދަ ފިޔަވަޅެއް ޓްރަމްޕް މި އަޅުއްވާފައިވަނީ، ކެނެޑާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުން އެމެރިކާއަށް ފެތުރުމާ ގުޅިގެން ކެނެޑާއަށް އިތުރު ޓެރިފްތައް އަޅާނެކަމުގެ އިންޒާރު ދެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް