logologologologo
STO
ދުނިޔެ

އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަނެއްކާވެސް ބަންދުކޮށްފި

އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަނެއްކާވެސް ބަންދުކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޭޕްރީލު 18

އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ބަންދުކޮށްފިއެެވެ.

އެމެރިކާ އާއި އިސްރާއީލުން ދެމުން އައި ހަމަލާތަކާ ގުޅިގެން އީރާނުން ބަންދުކޮށްފައި އޮތް ހޮރްމޫޒު ކަނޑުއޮޅި އީރާނުން އިއްޔެ ވަނީ ހުޅުވާލައިފައެެވެ.

އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ރޭ ވިދާޅުވީ ލުބުނާނާއި އިސްރާއީލްއާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ 10 ދުވަހަށް މެދުކަނޑާލުމާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް މިހާރު އެއްކޮށް ހުޅުވާލާފައިވާ ކަމަށެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން މިއަދު ބުނީ އީރާނުގެ ބަނދަރުތައް އެމެރިކާއިން ހުރަސް އެޅުމުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅިގެ ކޮންޓްރޯލް ކުރިން އޮތް ހާލަތަށް ރުޖޫއަވެފައިވާ ކަމަށެވެ.

އައިއާރްޖީސީގެ ޖޮއިންޓް މިލިޓަރީ ކޮމާންޑުން ބުނީ އީރާނުގެ ބަނދަރުތައް ބަންދު ކުރުމުގެ ނިޔަތުގައި އެމެރިކާ އިން ކަނޑުފޭރުމުގެ އަމަލުތައް ހިންގަމުން އަންނަ ކަމަށެވެ.

އީރާނުގެ ބްރޯޑްކާސްޓަކާ އައިއާރްއައިބީ އިން ނެރުނު ބަޔާނުގައި ބުނީ ހޮރްމޫޒް ކަނޑުއޮޅިގެ ކޮންޓްރޯލް ކުރިން އޮތް ހާލަތަށް ރުޖޫއަވެފައިވާ ކަމަށާއި، އެ ކަނޑުއޮޅި ކޮންޓްރޯލް ކުރަމުން ދާނީ އައިއާރްޖީސީން ކަމަށެވެ.

MALDIVE GASAllied Insurance
އިތުރަށް