ހަމަލާތައް ހުއްޓާލަން ހަމާސް އާއި އިޒްރޭލު އެއްބަސްވެއްޖެ

ފަލަސްޠީނުގެ ޣައްޒާގައި ކުރިއަށް ގެންދިޔަ އަނިޔާވެރި ހަނގުރާމަ ހުއްޓާލުމަށް ޔަހޫދީ ދައުލަތުން ޙަމާސް ޖަމާއަތާއެކު އެއްބަސްވެއްޖެއެވެ.
ހަމާސް އާއި އިޒްރޭލުން މިކަމަށް އެއްބަސްވިކަން ހާމަކުރެއްވީ ޓްރަމްޕު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތުގަ އެވެ.
ހަމާސް އާއި އިޒްރޭލުން ވެސް ވަނީ އެއްބަސްވުމަކަށް އާދެވުނުކަން އާންމުކޮށް އިއުލާނުކޮށް، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފަ އެވެ.
ހަމާސް އިން ބުނީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށާއި އެއާ އެކު އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ޣައްޒާއިން ފައިބާނެ ކަމަށެވެ. އަދި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ދެ ހާހެއްހާ ގައިދީން މިނިވަންކުރަން އެއްބަސްވެފައިވާ ކަމަށް ބުންޏެވެ. މީގެ އިތުރުން ޣައްޒާގެ އާންމުންނަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފެށުން ވެސް އެއްބަސްވުމުގައި ހިމެނެ އެވެ.
އިޒްރޭލަށް އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން ދިން ހަމަލާތަކުގެ ބަދަލުހިފަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 67،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި އިޒްރޭލުގެ ހިސާރުގެ ސަބަބުން ޣައްޒާ ވަނީ ބަނޑަށްޖެހި އިންސާނީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފަ އެވެ.
އިތުރަށް





.gif.gif&w=828&q=100)