ފަތުރުވެރިކަން ބޮއިކޮޓްކުރުމުގެ ސަޤާފަތަށް އަލުން އަނބުރާ ދާކަށް އެކަކުވެސް ނޭދޭނެ: ވަޒީރު ސަޢީދު

ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންލިބޭ ފަދަ ލިޔުންތައް ޕަބްލިޝްކުރުމާ، ފަތުރުވެރިކަން ބޮއިކޮޓްކުރުމުގެ ސަޤާފަތަށް އަލުން އަނބުރާ ދާކަށް އެކަކުވެސް ނޭދޭނެ ކަމަށް ވިޔަފާރިއާ އިޤްތިޞާދާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިފަދައިން ވިދާޅުވެ މީސްމީޑިއާގައި މެސެޖެއް ހިއްސާކުރައްވާފައި މިވަނީ އެމަނިކުފާނު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާއި ގުޅިގެން ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ އަދަދު ނޫހުގައި ލިޔެފައިވާ ޚަބަރަކާއި ގުޅިގެންނެވެ.
ވަޒީރު ސަޢީދުގެ ދަތުރުފުޅާއި ގުޅިގެން އަދަދު ނޫހުގައި މިއަދު ލިޔެފައިވާ ޚަބަރެއްގައި ބުނީ، ތުރުކީއިން ދިވެހި އަސްކަރިއްޔާއަށް މިސައިލުތަކެއް ގަންނަން އުޅޭކަމުގެ އަޑު ފެތުރިފައި އޮއްވައި އިޤްތިސާދީ ވަޒީރު، މުޙައްމަދު ސަޢީދު މިއަދު އެ ޤައުމަށް ފުރާވަޑައިގެންފި ކަމަށެވެ.
މި ޚަބަރާއި ގުޅިގެން ސަޢީދު ވިދާޅުވީ މިފަދަ ބުހުތާނު ދޮގު ލިޔުންތަކުން ވާނެ ފައިދާއެއްވެސް ނޯންނާނެ ކަމަށާ އެމަނިކުފާނު ތުރުކީވިލާތަށް ވަޑައިގެންނެވީ ކީއްވެކަން އިޤްތިޞާދާ ވިޔަފާރިއާބެހޭ ވުޒާރާއިން އިން ހާމަކޮށްފައިވާ ކަމަށެވެ.
ވަޒީރު ސަޢީދުގެ 3 ދުވަހުގެ ރަސްމީ ދަތުރުފުޅާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވުޒާރާއިން ބުނީ އެ ދަތުރަކީ ތުރުކީއާ ދިވެހިރާއްޖެއާ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ފުޅާ ކުރުމަށާއި އިތުރު ވިޔަފާރީގެ ފުރުސަތުތައް ފަހި ކުރުމަށް މަސައްކަތް ކުރައްވަން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި ތުރުކީވިލާތުގެ ވިޔަފާރިވެރިންގެ އިތުރުން ތުރުކީވިލާތުގައިގައި ޤާއިމްވެފައި ތިބި ބައިނަލްއަޤުވާމީ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
މޯލްޑިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ބައެއް ލީޑަރުންނާ އެކްޓިވިސްޓުންނަކީ ވެރިކަމުގައި ނޯންނަ ކޮންމެ ފަހަރަކު ފަތުރުވެރިކަން ބޮއިކޮޓް ކުރުމުގެ ސަޤާފަތެއް ގެންގުޅޭ ބައެއްކަމަށް ސަރުކާރަށް ތާޢީދުކުރާ ގިނަ ބަޔަކު ބުނަމުން އަންނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އޭޕްރީލް މަހުގެ ކުރީކޮޅު އިނގިރޭސިވިލާތުގެ ލިވަރޕޫލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ލިވަރޕޫލަށް ވަޑައިގެންނެވި ދުވަހު، އެ ޤައުމުގެ ކަމާބެހޭ އިދާރާއިން ރާއްޖެއަށް ދަތުރު ނުކުރުމަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރުނު ކަމަށާ އެކަމުގެ ފަހަތުގައި އޮތީ އެމްޑީޕީ ކަމަށް އަޑު ފެތުރުނުކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)