logologologologo
STO
ޚަބަރު

ވިޔަފާރިވެރިންނާއިއެކު ސަޢީދު ވަޑައިގެން ތިލަފުށީ ޕޯޓް މަޝްރޫޢުގެ މަސައްކަތް ބައްލަވާލައްވައިފި

ވިޔަފާރިވެރިންނާއިއެކު ސަޢީދު ވަޑައިގެން ތިލަފުށީ ޕޯޓް މަޝްރޫޢުގެ މަސައްކަތް ބައްލަވާލައްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 12

ވިޔަފާރިވެރިންނާއިއެކު، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަޑައިގެން ތިލަފުށީ ޕޯޓް މަޝްރޫޢުގެ މަސައްކަތް ބައްލަވާލައްވައިފިއެވެ.

މިއަދު ކުރެއްވި މި ދަތުރަށްފަހު ވަޒީރު ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި، ވަށާޖެހޭ ޖުމްލަ ހައްލެއް ބަނދަރާއި،އަދި އެބަނދަރާއި ގުޅިފައިވާ މުޅިނިޒާމަށް ގެނައުމަކީ ރަޢީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެއްމެ މުޙިއްމު އެއް ވަޢުދުފުޅު ކަމަށެވެ.

ސަޢީދު ވިދާޅުވީ އެމަނިކުފާނު ވިދާޅުވެފައިވަނީ މިމަސައްކަތް ނޮވެމްބަރު 2027ގެ ކުރިން ނިންމަން ކަމަށާއި އެހެންކަމުން އެމަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށެވެ.

ސަޢީދު އިތުރަށް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ނަތީޖާ އަކަށްވާނީ، ބަނދަރުން ޒަމާނީ އަދި އަވަސް ޚިދުމަތް ތަކެއްލިބުމުގެ އިތުރަށް، ރާއްޖޭގެ އިޤްތިޞާދު އެހެންހަރުފަތަކަށް ގެނދިއުމުގައި އެޅިފައިވާ ބޮޑުއެއް ހުރަސް ނެތިގެންދިއުމެވެ.

"މިއަދު އަޅުގަނޑާއި އެކު ރާއްޖެއަށް ގިނައަދަދަކަށް ތަރުކާރީ މޭވާއާއި އަސާސީ ބާވަތްތައް އެތެރެކުރާ ބައެއް ވިޔަފާރިވެރީންވެސް ބައިވެރިވި." ސަޢީދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

 

View post on Twitter


ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ، ވަޒީރު ސަޢީދު މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މިއަދު ބައްލަވާލައްވާފައި ވަނީ ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކުރާ ބައެއް ވިޔަފާރިވެރިންނާއެކުގައި ކަމަށެވެ.

އެ ވުޒާރާއިން ބުނީ ޖާގަ ބޮޑު، ވަސީލަތް ފުރިހަމަ ޕޯޓެއްގެ ގޮތުގައި، 2027 ވަނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް