ސަޢީދުގެ އިތުބާރުގެ މައްސަލައިގެ ބަހުސަށް 2 ގަޑިއިރު ކަނޑައަޅައިފި

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ބަހުސްގެ ވަގުތުގެ ގޮތުގައި 2 ގަޑިއިރު ކަނޑައަޅައިފިއެވެ.
މި ހިނގާ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ 13 މެންބަރުންގެ ސޮޔާއެކުގައެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުން މި މައްސަލަ ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކުރައްވާފައި ވަނީ ވަޒީރު ސަޢީދު ހަވާލުވެވަޑައިގެންފައިވާ މަސްއޫލިއްޔަތުތަކާއި ޚިލާފުވެފައިވާތީއާއި މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އަޅަމުންދާތީ ކަމަށް ބުނެއެވެ.
މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މި މައްސަލައިގައި ބަހުސް ކުރުމަށް ޖުމްލަ 2 ގަޑިއިރު ކަނޑައެޅުމަށް ވަނީ ފާސްކޮށްފައެވެ. އެއީ ވަޒީރަށް ދިފާޢުގައި ވާހަކަދެއްކުމަށް ދޭ 1 ގަޑިއިރާއި މަޖިލީހުގެ ޤަވާޢިދުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ބަހާލައިގެން ބަހުސް ކުރުމަށް ދޭ 1 ގަޑިއިރެވެ.
މީގެ ކުރިން ވެސް ދެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަތަކެއް އެމްޑީޕީގެ ޕީޖީން މަޖިލީހަށް ވެއްދިއެވެ. ނަމަވެސް އެ ދެ މައްސަލައިގައިވެސް މަޖިލީހުން ފާސްކުރީ ވަޒީރުންނަށް އިތުބާރު އޮތް ކަމަށެވެ.
ވަޒީރު މުޙައްމަދު ސަޢީދަކީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގައި ވެސް އިޤްތިޞާދީ ވަޒީރުކަން ކުރައްވާފައިވާ ހީވާގި އަދި ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވި ވަޒީރެއްކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)