logo
logo
ހަތަރު ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރާނަމަ އުޅަނދު ބާއްވާނެ ތަން ދައްކަންޖެހޭ!

ހަތަރު ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރާނަމަ އުޅަނދު ބާއްވާނެ ތަން ދައްކަންޖެހޭ!

2025 އޭޕްރީލު 13
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ހަތަރު ފުރޮޅުލީ އުޅަނދު ރާއްޖެއަށް އެތެރެ ކުރުމުގެ ކުރިން އެ އުޅަނދެއް ބެއްވުމަށް ހަމަޖެހިފައިވާ ގަރާޖު ނުވަތަ ޝޯރޫމް ނުވަތަ ގުދަން ނުވަތަ ބާއްވާނެ ބިމާ އެކު އުޅަނދެއް އެތެރެ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ޤަވާޢިދަށް އިސްލާޙް ގެނެސްފިއެވެ.

މިއަދު ގެޒެޓްކުރި ޤަވާޢިދުގައި ބުނެފައިވަނީ ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ، އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، ގަރާޖެއްްގައި އެއުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، ގަރާޖެއްގައި އެއުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާުގެ އިއުތިރާޟެއް ނެތްކަމުގެ ލިޔުމަކާއި، ގަރާޖުގެ ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީއަކާއި އެ އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުން ހުށަހެޅުމުން ކަމަށެވެ.

މި މާއްދާގައިވާ އުޅަނދުތަކުގެ މާނައިގައި، ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ޚާއްޞަކުރެވިފައިވާ 2 ފުރޮޅުލީ ސައިކަލާއި، 3 ފުރޮޅުލީ ސައިކަލާއި 4 ފުރޮޅުލީ ސައިކަލު ނުހިމެނޭނެއެވެ.

 

 

ޤަވާޢިދަށް ގެނެވުނު އިޞްލާޙާ ގުޅިގެން ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ޤަވާޢިދުގެ 02 ވަނަ އިޞަލާޙުގެދަށުން މިހާރު ދޫކުރާ ވަގުތީ އަދި ދާއިމީ ލައިސަންސް ކަނޑައަޅާފައިވާ އިމްތިޙާންތައް ފުރިހަމަކޮށްގެން ނެގުމަށް 18 އަހަރުން މަތީގެ އެއްވެސް އުމުރު ފުރައެއްގެ އެއްވެސް ފަރާތަކަށް ހުރަހެއް ނެތް ކަމަށެވެ.

އެގޮތުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގެ ދަށުން ދޫކުރާ ވަގުތީ ލައިސަންސާއި، ދާއިމީ ލައިސަންސް ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ އިމްތިޙާންތައް ފުރިހަމަ ކުރުމުން ކަމަށާ މި ދެ ބާވަތުގެ ލައިސަންސްގެ އިތުރުން، މި އިމްތިޙާނުތައް ފުރިހަމަ ކުރުމުގެ ބަދަލުގައި، 04 ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްގެން، 60 ސީސީ އިން ދަށުގެ ސައިކަލާއި، ރަށު ޕިކަޕް ދުއްވުމަށް އިސް ރައްވެހިންނަށް ޚާއްސަ ލައިސަންސެއް ދޫކުރުމުގެ އިޚުތިޔާރު މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގެ 02 ވަނަ އިސްލާހުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކަށް ލިބިގެންދާ ކަމަށެވެ. އަދި މި ލައިސަންސް ބޭނުންކޮށްގެން ދުއްވޭނީ ހަމައެކަނި އެ ލައިސަންސެއް ދޫކުރި ކައުންސިލް ހުންނަ ރަށެއްގައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މީގެ 90 ދުވަސް ފަހުން ރާއްޖެއަށް އެތެރެކުރާ އެއްގަމު އުޅަނދުގެ ތެރެއިން ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް ރާއްޖެއަށް އެތެރެކުރެވޭނީ އެ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމުގެ ކުރިން އެ އުޅަނދު ބޭއްވުމަށް ހަމަޖެހިފައިވާ ގަރާޖު ނުވަތަ ޝޯރޫމު ނުވަތަ ގުދަނުގެ ހުއްދައާއި އަދި އުޅަނދަކީ މިނިސްޓްރީން ރަޖިސްޓަރީ ކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ އުމުރަށްފެތޭ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުން މިނިސްޓްރީ އަށް ހުށަހަޅައި އުޅަނދު އެތެރެކުރުމުގެ ހުއްދަ ލިބިގެން ކަމަށެވެ.

މި ޤަވާޢިދުގައިވާ ގޮތުން އުމުރުން 60 އަހަރުވެފައިވާ އިސްރަށްވެހިންނަށް އެމީހުންގެ ރަށްރަށުގައި 60 ސީސީން ދަށުގެ ވެހިކަލްތައް ދުއްވުމަށް ޚާއްޞަ ހުއްދައެއް ދޫކުރާނެއެވެ. އޭގެތެރޭގައި ހިމެނެނީ 60 ސީސީ އިން ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް އެކަންޏެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް