
ޓެކްސީ ޚިދުމަތަކީ ހަމައެކަނި ވިޔަފާރިއެއް ނޫން، އެއީ އާންމު ޚިދުމަތެއް: ދަތުރުފަތުރާބެހޭ ވުޒާރާ
ޒައުޖަތު އަޙުމަދުޓެކްސީ ޚިދުމަތަކީ ހަމައެކަނި ވިޔަފާރިއެއް ނޫން، އެއީ އާންމު ޚިދުމަތެއް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ ދިވެހިރާއްޖޭގައި ޓެކްސީގެ ޚިދުމަތަކީ ހަމައެކަނި އަމިއްލަ ފަރުދުން ކުރާ ވިޔަފާރިއެއްގެ ގޮތުގައި ބެލެވޭކަށް ނެތް ކަމަށާއި އެއީ އަމިއްލަ އުޅަނދު ބޭނުންނުކުރާ މީހުންނާއި، ދޮށީ އުމުރުގެ މީހުންނާއި، ވަޒީފާއަށްދާ ފަރާތްތަކުގެ އިތުރުން ކިޔަވާ ކުދިންނާއި ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ކޮންމެހެން ބޭނުންތެރި، އާންމު ދަތުރުފަތުރުގެ މުހިންމު ވަސީލަތެއް ކަމަށެވެ.
"ދައުލަތުން ކަނޑައަޅާ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ޓެކްސީގެ ކަންކަން ބެލެހެއްޓުމަކީ ރައްޔިތުންގެ ލާބައަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. މީގެ ތެރޭގައި ދަތުރުތައް ގިނަވާ ވަގުތުތަކުގައި ހުރިހާ އެންމެންނަށް ހަމަހަމަކަމާއެކު ޚިދުމަތް ލިބުމާއި، އަގުތައް އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމުގެ އިތުރުން، ޑްރައިވަރުންގެ ސުލޫކާއި އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ. މިފަދަ ނިޒާމެއްގެ ސަބަބުން ޚިދުމަތް ހޯދާ މީހުންނާއި ދޭ މީހުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުވެގެންދާނެއެވެ." އެ ވުޒާރާއިން ބުނެފައިވެއެވެ.
އެ ވުޒާރާއިން ބުނީ ސަރުކާރުގެ ބައިވެރިވުމާއެކު ތަފާސްހިސާބުތައް އެއްކޮށް، ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމުން، ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެވި، ރަށްތަކަށް އަންނަ ތަރައްޤީއާއި އެއްވަރަށް ބަދަލުތައް ގެނައުމަށް ފަސޭހަވާ ކަމަށާއި މިއީ އާބާދީ އިތުރުވެ، މަގުތަކުގެ ތޮއްޖެހުން ބޮޑުވަމުންދާ މި ދަނޑިވަޅުގައި ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.
ޓެކްސީގެ ޚިދުމަތަކީ ނުރަސްމީ ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ދަތުރުފަތުރުގެ ނިޒާމުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަތުމަކީ، ރާއްޖޭގައި އެންމެންނަށް ބޭނުންކުރެވޭނެ، ރައްކާތެރި އަދި ފެންވަރު ރަނގަޅު ނިޒާމެއް ބިނާކުރުމަށް އޮތް މަގެއް ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޓެކްސީ ލައިނަށް ޑްރައިވަރުން ނަގަން ބާއްވާ އިންޓަވިއުއަށް ގިނަ ބައެއްގެ ތަރުހީބު!2026 ޖެނުއަރީ 17
ޕާކިން ސްލޮޓްތައް ކެންސަލް ކުރަން ދަތުރުފަތުރާބެހޭ ވުޒާރާއިން އަންގައިފި2025 ސެޕްޓެމްބަރު 08
2 ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ދެން ރާއްޖެއަށް އެތެރެކުރެވޭނީ ޚާއްޞަ ހުއްދައެއް ނަގައިގެން!2025 ޖުލައި 15
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ޖައްސައިފި!2025 މޭ 20