
ޕާކިން ސްލޮޓްތައް ކެންސަލް ކުރަން ދަތުރުފަތުރާބެހޭ ވުޒާރާއިން އަންގައިފި
ޒައުޖަތު އަޙުމަދުމާލެއިން ކުއްޔަށް ދޫކޮށްފައިހުރި ޕާކިން ސްލޮޓްތައް ކެންސަލް ކުރަން ދަތުރުފަތުރާބެހޭ ވުޒާރާއިން މާލޭސިޓީ ކައުންސިލަށް އަންގައިފިއެވެ.
އެ ވުޒާރާއިން ވަނީ ޕާކިން ސްލޮޓްތައް އާންމުންނަށް ހުޅުވާލުމަށް ވެސް އަންގައިފައެވެ.
މިކަން ހާމަ ކުރައްވާ މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގެ މަގުތަކުން ދޫކޮށްފައިހުރި ޕާކިން ސްލޮޓްތަކުގެ ތެރެއިން 4 ފުރޮޅުލީ އުލަނދުތަކަށް ދުކޮށްފައިވާ ތަންތަނަކީ އާންމު ތަންތަނަށް ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި މިމަހުގެ ނިޔަލަށް ކުއްޔަށް ދޫކޮށްފައި ހުރި ސްލޮޓްތަކުގެ މުއްދަތު އިތުރު ނުކުރުމަށާއި އިތުރު އެއްވެސް ސްލޮޓެއް ކުއްޔަށް ނުދިނުމަށް ސަރުކާރުން އަންގާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މި މަހުގެ ފަހު ހަފުތާއިން ފެށިގެން މާލޭގެ މަގުތަކުގައި ހުރި ހަތަރު ފުރޮޅުލީ ޕާކިންތަކަކީ އެންމެންގެ ތަންތަން ކަމަށާއި ވަކި މީހަކަށް ޚާއްޞަ ތަންތަން ނޫން ކަމަށް އާންމުންނަށް އަންގަވާނެ ކަމަށެވެ.
މާލޭގެ މަގުތަކުގައި ޕާކިން ސްލޮޓް ކުއްޔަށް ދޫކޮށްފައި ހުންނަނީ ޕްރައިވެޓް ކާރަކަށް 1500 ރުފިޔާ އަދި ޓެކްސީއަކަށް 700 ރުފިޔާގެ މަގުންނެވެ.
މާލޭ ސިޓީ ކައުންސިލުން އަމިއްލަ ކާރުތަކަށާއި ޓެކްސީތަކަށް ދޫކޮށްފައިހުރި ޕާކިން ސްލޮޓްގެ އަދަދު އެއްހާހަށް އަރާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
ދަތުރުފަތުރާބެހޭ ވުޒާރާއިން މިދިޔަ އަހަރު ވެސް ޕާކިން ސްލޮޓް ކުއްޔަށް ނުދޭން މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޓެކްސީ ޚިދުމަތަކީ ހަމައެކަނި ވިޔަފާރިއެއް ނޫން، އެއީ އާންމު ޚިދުމަތެއް: ދަތުރުފަތުރާބެހޭ ވުޒާރާ2026 ޖެނުއަރީ 05
ސިޓީ ކައުންސިލުން މަރާމާތުކޮށް ނިންމާ މިދިޔަ އަހަރު ހުޅުވި ސަހަރާ މިސްކިތު ތެރެއަށް ފެން ފައިބަނީ!2025 ނޮވެމްބަރު 24
މަސް މާރުކޭޓުގެ ކުލި ކުޑަކުރުމުގައި ޤާނޫނާ ޚިލާފުކަމެއް ހިނގާފައި ނުވާކަން ލިޔެކިޔުންތަކުން ހާމަވެއްޖެ2025 އޯގަސްޓު 17
2 ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ދެން ރާއްޖެއަށް އެތެރެކުރެވޭނީ ޚާއްޞަ ހުއްދައެއް ނަގައިގެން!2025 ޖުލައި 15