
ސިޓީ ކައުންސިލުން މަރާމާތުކޮށް ނިންމާ މިދިޔަ އަހަރު ހުޅުވި ސަހަރާ މިސްކިތު ތެރެއަށް ފެން ފައިބަނީ!
ޒައުޖަތު އަޙުމަދުމާލޭ ސިޓީ ކައުންސިލުން މަރާމާތުކޮށް ނިންމާ މިދިޔަ އަހަރު ހުޅުވި ސަހަރާ މިސްކިތު ތެރެއަށް ފެންފައިބާ ތަން ފެންނަ ވީޑިއޯއެއް ދައުރުވާން ފަށައިފިއެވެ.
ވީޑިއޯއިން ފެންނަނީ މިހާރު ކުރަމުން މިދާ ވިއްސާރާގައި މާލޭގައި ހުންނަ ސަހަރާ މިސްކިތުގެ ނަމާދުކުރާ ބަޔަށް ސީލިންގުން ފެންފައިބާ ފެން ހެދިފައިވާ މަންޒަރެވެ.
މި މިސްކިތުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެދަށުން ނިންމާ ހުޅުވާފައި ވަނީ މިދިޔަ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުކަން ފާހަގަ ކުރެވެއެވެ.
ދެ ފަންގިފިލާއަށް ބަދަލުކޮށް ސަހަރާ މިސްކިތާއި ހިނަވާގެ މަރާމާތަށްފަހު ހުޅުވާފައި ވަނީ އެ މަސައްކަތް ކުރުމަށް ދޮޅު އަހަރެއްހާ ދުވަހު މިސްކިތް ބަންދުކޮށްފައި އޮތުމަށްފަހުގައެވެ. މި މަސައްކަތަށް 12.7 މިލިއަން ރުފިޔާ އަރާފައިވާ ކަމަށް ސިޓީ ކައުންސިލުން އާންމުކޮށްފައިވާ މަޢުލޫމާތުތަކުން އެނގެން އޮވެއެވެ.
މި ދުވަސްވަރު މާލެ ސަރަހައްދަށް ވިއްސާރަވެ، މިސްކިތުގެ ނަމާދު ކުރާ ބަޔަށް ފެންފައިބަމުން ދާތީ ސަހަރާ މިސްކިތަށް ނަމާދަށް ދާ ބައެއް މީހުން ބުނެފައި ވަނީ މިކަން ދިމާވެފައި ވަނީ މިސްކިތް ބެލެހެއްޓުމުގައި ސިޓީ ކައުންސިލުން އިހުމާލުވެފައި ވާތީ ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޕާކިން ސްލޮޓްތައް ކެންސަލް ކުރަން ދަތުރުފަތުރާބެހޭ ވުޒާރާއިން އަންގައިފި2025 ސެޕްޓެމްބަރު 08
މަސް މާރުކޭޓުގެ ކުލި ކުޑަކުރުމުގައި ޤާނޫނާ ޚިލާފުކަމެއް ހިނގާފައި ނުވާކަން ލިޔެކިޔުންތަކުން ހާމަވެއްޖެ2025 އޯގަސްޓު 17
މާލޭސިޓީ ކައުންސިލުން ބާއްވާ ޙަފްލާތަކުގައި ދުފާއެއްޗެހި ނުބަހައްޓަން މޭޔަރު ނިންމައިފި!2025 މޭ 28
މާލޭގެ ޑެޕިއުޓީ މޭޔަރ ނަރީޝްގެ އިސްތިޢުފާ، ސިޓީ ކައުންސިލުން ޤަބޫލުކޮށްފި!2025 މާރިޗު 12