
މާލޭސިޓީ ކައުންސިލުން ބާއްވާ ޙަފްލާތަކުގައި ދުފާއެއްޗެހި ނުބަހައްޓަން މޭޔަރު ނިންމައިފި!
ޒައުޖަތު އަޙުމަދުމާލޭސިޓީ ކައުންސިލުން ބާއްވާ ޙަފްލާތަކުގައި ދުފާއެއްޗެހި ނުބަހައްޓަން މާލޭގެ މޭޔަރު އާދަމް އާޒިމް ނިންމައިފިއެވެ.
މޭޔަރު އާޒިމް މިއަދު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ މީގެ ފަހުން މާލެ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް ބާވަތެއްގެ، އެއްވެސް ޙަފުލާއެއްގައި، ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ނުބަހައްޓަން ނިންމަވާފައިވާކަމަށެވެ.
އާޒިމް ވިދާޅުވީ، އެންމެ މުހިއްމު ވާނީ، ރައްޔިތުންގެ އުފާވެރިކަމާއި ޞިއްޙީ ދުޅަހެޔޮކަމާއި ހަމަޖެހުމާއި ފުދުންތެރިކަން ކަމަށެވެ.
އެގޮތުން ރައްޔިތުންނަށް މަންފާ ކުރާނެ ކޮންމެ ކަމަކީ، މޭޔަރު އެންމެ އިސްކަންދެއްވާނެ ކަންތައް ކަމަށާ އަދި މޭޔަރުގެ މަސައްކަތުގެ އެޖެންޑާގެ އެންމެ ކުރީގައި، އަބަދު ވެސް އެ ފަދަ ކަންކަން ހިމެނޭނެ ކަމަށެވެ.
އާޒިމް ވިދާޅުވީ އެގޮތަށް ނިންމެވީ ކެންސަރު ސޮސައިޓީގެ އެދިލެއްވުމަށް ކަމަށެވެ.
"މި ހަމައިން ވިސްނައި، ކެންސަރ ސޮސައިޓީން އެދި ލެއްވި ގޮތަށް، މީގެ ފަހުން މާލެ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް ބާވަތެއްގެ، އެއްވެސް ޙަފުލާއެއްގައި، ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ނުބަހައްޓަން އަޅުގަނޑު ނިންމައިފިން."
މޭޔަރުގެ މި ނިންމެވުމަށް މާލޭސިޓީ ކައުންސިލްގެ ބައެއް މެމްބަރުންގެ ފާޑުކިޔުން އަމާޒުވެފައިވާކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ސިޓީ ކައުންސިލުން މަރާމާތުކޮށް ނިންމާ މިދިޔަ އަހަރު ހުޅުވި ސަހަރާ މިސްކިތު ތެރެއަށް ފެން ފައިބަނީ!2025 ނޮވެމްބަރު 24
ޕާކިން ސްލޮޓްތައް ކެންސަލް ކުރަން ދަތުރުފަތުރާބެހޭ ވުޒާރާއިން އަންގައިފި2025 ސެޕްޓެމްބަރު 08
މަސް މާރުކޭޓުގެ ކުލި ކުޑަކުރުމުގައި ޤާނޫނާ ޚިލާފުކަމެއް ހިނގާފައި ނުވާކަން ލިޔެކިޔުންތަކުން ހާމަވެއްޖެ2025 އޯގަސްޓު 17
މާލޭ މަގުމަތީގައި ހުރި އިސްރާއީލާ ދެކޮޅު ލިޔުމެއް މޭޔަރު އަންގައިގެން ފޮހެލައިފި!2025 އޯގަސްޓު 12