
މާލޭ މަގުމަތީގައި ހުރި އިސްރާއީލާ ދެކޮޅު ލިޔުމެއް މޭޔަރު އަންގައިގެން ފޮހެލައިފި!
ޒައުޖަތު އަޙުމަދުމާލޭ މަގުމަތީގައި ހުރި އިސްރާއީލާ ދެކޮޅު ލިޔުމެއް މޭޔަރު އަންގައިގެން ފޮހެލައިފިއެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މާލޭގެ މަގެއްމަތީގައި "ބޮއިކޮޓް އިސްރާއީލް" ޖަހައި އެ ޤައުމުގެ ދިދަ ކުރަހާފައި ހުރި ތަނެއް މާލޭސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ދަވާދުލައި ފޮހެލައެވެ.
މި މަންޒަރު ވީޑިއޯކުރަން ހުރި ފަރާތުން ވަނީ އެކަމާ ހިތްހަމަ ނުޖެހި ނުރުހުންފާޅުކޮށްފައެވެ.
އޭނާ ބުނި ގޮތުގައި އެކަމާ އޭނާ ސުވާލު ކުރުމުން ސިޓީ ކައުންސިލްގެ މުވައްޒަފުން ބުނެފައި ވަނީ އެ ކުރެހުން ފޮހެލުމަށް އެންގެވީ މާލޭގެ މޭޔަރު އާދަމް އާޒިމް ކަމަށެވެ.
އޭނާ ބުނިގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކުގައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުން އެ ޤައުމުތަކުގައި ދިރިއުޅޭ މީހުން އެފަދަ ލިޔުންތަކާއި ކުރެހުންތަކާއި ބޯޑުތައް ބަހައްޓާފައި ހުރެއެވެ. އެކަމަކު އެގޮތަށް ފޮހެ އެ ނައްތާލައި ނުހަދައެވެ.
އޭނާ ބުނީ މާލޭސިޓީގެ މޭޔަރުގެ ހައިސިއްޔަތުން އާޒިމްގެ އެ އެންގެވުން ބަލާ ނުގަންނަ ކަމަށާ އެ ކުރެހުމުގައި ބޭ އަދަބީ ވާހަކައެއް ލިޔެފައިވާނަމަ ފޮހެލުން ބަލައި ގަންނަ ކަމަށެވެ.
"އިސްރާއީލާ ދެކޮޅަށް މިގޮތަށް ރައްޔިތުންގެ ޝުޢޫރު ފާޅުކޮށްފައި ހުރޭ ދުނިޔޭގެ އެހެންތަންތާނގައިވެސް. އެކަމަކު އެއްވެސް ބަޔަކު އެކަމާ ދޭތެރޭ ހިއެއް ނުވޭ މައްސަލަ ޖައްސާނެ ހެނެއް." އޭނާ ބުންޏެވެ.
އޭނާ ބުނީ މޭޔަރު އާޒިމް އެގޮތަށް އެ ކުރެހުން ފޮހެލަން އޯޑަރު ދެއްވުން ބަލައި ނުގަނެވޭ ކަމަށެވެ.
ހަރުކަށި ޔަހޫދީން 22 މަސްދުވަސް ވަންދެން ޣައްޒާގައި ނަސްލުހޭދުއެއް ހިންގަމުން އަންނައިރު، ޣައްޒާ ޙިޞާރުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނު ކަމުގައި ދަނީ ޝަހީދުވަމުންނެވެ. އެހެންކަމުން މިދުވަސްވަރު، މާލޭގެ ރައްޔިތުންގެ މިފަދަ ޝުޢޫރެއް މޭޔަރުގެ އެންގެވުމަށް ފޮހެލުމާއި ގުޅިގެން، އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އިސްރާއީލާ ގުޅުން ގާއިމު ކުރަން ކުރި ބައެއް ކަންކަމުގެ ހަނދާން އައުކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޣައްޒާގައި ފިނިގަދަވެ ލޭގަނޑުވެގެން ތުއްތު ކުދިން ނިޔާވަނީ!2025 ޑިސެމްބަރު 18
އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން ޣައްޒާ އަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި2025 ނޮވެމްބަރު 21
ބޯކޮށް ވާރޭވެހި ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ޓެންޓުތަކުގައި ފެންބޮޑުވެއްޖެ2025 ނޮވެމްބަރު 14
ޣައްޒާއަށް އެހީ ވެއްދުމަށް ދުނިޔޭގެ ކޯޓުން ކުރި ޙުކުމާ ވެސް އެމެރިކާއިން ދެކޮޅުހަދައިފި2025 އޮކްޓޯބަރު 23