
ޣައްޒާގައި ފިނިގަދަވެ ލޭގަނޑުވެގެން ތުއްތު ކުދިން ނިޔާވަނީ!
ޒައުޖަތު އަޙުމަދުޣައްޒާގައި ފިނިގަދަވެ ލޭގަނޑުވެގެން ތުއްތު ކުއްޖަކު، ރޭ ވެސް ނިޔާވެއްޖެއެވެ.
ފަލަސްޠީނުގެ މަސްދަރުތަކުން ބުނާ ގޮތުގައި އުމުރުން އެންމެ 29 ދުވަހުގެ ތުއްތު ސައީދު އަސާއިދު އަބްދީން ނިޔާވީ ރޭ ދަންވަރު (18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ފަތިހު 2:00 ހާއިރު) އެވެ.
އެ ތުއްތު ކުއްޖާ ނިޔާވީ ފިނިގަދަވުމުގެ ސަބަބުން ލޭ ގަނޑުވެ، ހިތް ހުއްޓިގެންނެވެ. އެ ކުއްޖާއަކީ ކުރިން އެއްވެސް ބައްޔެއް ހުރި ކުއްޖެއް ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކުއްޖާގެ ބައްޕަ، އަސާއިދު އަބްދީން (42 އަހަރު)، ވަގުތުން ނާސިރު ހޮސްޕިޓަލަށް ކުއްޖާ ގެންދިޔަ ނަމަވެސް، ގަދަ ފިނީގެ ސަބަބުން ކުއްޖާގެ ފުރާނަ ސަލާމަތެއް ނުކުރެވުނީއެވެ.
މިދުވަސްވަރު ޣައްޒާގެ މޫސުން ގޯސްވެ ޓެންޓުތަކުގައި ފެންބޮޑުވެ ފިނި ގަދަވުމުގެ ސަބަބުން އިތުރު ތުއްތު 3 ކުދިން ފާއިތުވި ހަފްތާތެރޭގައި ނިޔާވެފައިވާކަން ފާހަގަ ކުރެވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާގައި ޔަހޫދީން ހިންގަމުން އަންނަ ގަތުލުއާންމުގައި މިހާތަނަށް މަދުވެގެން 70،663 މީހުން ވަނީ ޝަހީދުވެފައެވެ. މީގެއިތުރުން 171،139 މީހުން ވަނީ ޒަހަމްވެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން ޣައްޒާ އަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި2025 ނޮވެމްބަރު 21
ބޯކޮށް ވާރޭވެހި ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ޓެންޓުތަކުގައި ފެންބޮޑުވެއްޖެ2025 ނޮވެމްބަރު 14
ޣައްޒާއަށް އެހީ ވެއްދުމަށް ދުނިޔޭގެ ކޯޓުން ކުރި ޙުކުމާ ވެސް އެމެރިކާއިން ދެކޮޅުހަދައިފި2025 އޮކްޓޯބަރު 23
އެއްބަސްވުން އޮތީ ކަރުދާހުގައި، އިސްރާއީލުން ޣައްޒާއަށް ބޮންއަޅައިފި2025 އޮކްޓޯބަރު 19