logologologologo
STO
ދުނިޔެ

ޣައްޒާގެ އެއް އާއިލާއެއްގެ 200 މީހަކު ޝަހީދުކޮށްލިއިރު، އަދި ފެނުނީ އެންމެ 67 ހަށިގަނޑު

ޣައްޒާގެ އެއް އާއިލާއެއްގެ 200 މީހަކު ޝަހީދުކޮށްލިއިރު، އަދި ފެނުނީ އެންމެ 67 ހަށިގަނޑު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ފެބްރުއަރީ 17

ޣައްޒާގެ އެއް އާއިލާއެއްގެ 200 މީހަކު ޝަހީދުކޮށްލިއިރު، މިހާތަަނަށް އަދި ފެނުނީ އެންމެ 67 ހަށިގަނޑު ކަމަށް ގުދުސް ނެޓްވޯކް އިން ބުނެފިއެވެ.

ޣައްޒާގެ ބޮޑު އާއިލާއެއް ކަމަށްވާ އަބޫ ނަސީރުގެ އާއިލާ ދިރިއުޅެމުންދިޔަ ފަސް ބުރީގެ ގެއަކަށް ނިރުބަވެރި އިސްރާއީލުން ބޮން އެޅީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހެވެ. އެ ދުވަސްވަރަކީ ޣައްޒާއަށް އެންމެ ގިނައިން ބޮން އަޅަމުން ދިޔަ ދުވަސްވަރުވެސް މެއެވެ.

ގުދުސް ނެޓްވޯކް އިން ބުނެފައިވާގޮތުގައި އެ ހަމަލާގައި އެ އާއިލާގެ 200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ހަމަލާގައި އެ ގެ ވަނީ އެއްކޮށް ސުންނާފަތިވެފައެވެ.

އެ ނޫހުން ބުނީ އެ ހަމަލާތައް ދިންތާ 474 ދުވަހަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު، މިދިޔަ އާދީއްތަ ދުވަހު އެތައް ބައެއްގެ ހަށިގަނޑު، ބިމާހަމަވެފައިވާ އެ އިމާރާތުގެ ދަށުގައި ވަޅުލެވިފައިވާ ކަަމަށެވެ.

މިގޮތުން މިހާތަނަށް އެތަނުން 67 މީހެއްގެ ހަށިގަނޑު ފެނުނުއިރު، އޭގެ ތެރެެއިން %40 ހަށިގަނޑަކީ ކުޑަކުދިން ކަަމަށްވެސް ބުނެފައި ވެއެވެ.

ފަލަސްތީނުގެ ލިޔުންތެރިޔާ މޮސާބް އަބޫ ތޯހާ ބުނީ އެ މީހުންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތަށް އެހީތެރިވުމަށް ރެޑް ކްރޮސްގެ ޓީމެއް ނުވަތަ އިމަޖެންސީ ވެހިކަލްތަކެއް ވެސް ނެތް ކަމަަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ އެންމެ އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ކަމަށާއި، މި މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ލަސް، އަދި އެހާމެ އުނދަގޫ ގޮތަކަށް ކަމަށްވެސް ބުނެފައި ވެއެވެ.

MALDIVE GASAllied Insurance
އިތުރަށް