
މާލޭގެ ޑެޕިއުޓީ މޭޔަރ ނަރީޝްގެ އިސްތިޢުފާ، ސިޓީ ކައުންސިލުން ޤަބޫލުކޮށްފި!
ޒައުޖަތު އަޙުމަދުމާލޭގެ ޑެޕިއުޓީ މޭޔަރ ނަރީޝްގެ އިސްތިޢުފާ، ސިޓީ ކައުންސިލުން ޤަބޫލުކޮށްފިއެވެ.
މާލޭސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުންނާ އަދި މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރުކަމުން އަޙުމަދު ނަރީޝް އިސްތިޢުފާދެއްވީ މިއަދުއެވެ.
އިސްތިޢުފާގެ ސިޓީގައި ނަރީޝް ވިދާޅުވީ ޤައުމާއި ރައްޔިތުންނަށް އެހެން ހައިސިްޔަތަކުން ޚިދުމަތް ކުަރައްވަން ފުރުޞަތު ލިބުމާއި ގުޅިގެން މާލޭސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ މެމްބަރުކަމުންނާއި މާލޭސިޓީގެ ޑެޕިއުޓީ މޭޔަރުކަމުން މިއަދުން ފެށިގެން އިސްތިޢުފާދެއްވާފައިވާ ކަމަށެވެ.
ނަރީޝްގެ އިސްތިޢުފާގެ ސިޓީ މީސްމީޑިއާގައި ހިއްސާކޮށްފައިވާއިރު، އެ ސިޓީގައި ނަރީޝް ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލްގައި ހޭދަ ކުރެއްވި ދުވަސްތަކަކީ ވަޒީފާއާއި މަސައްކަތުގެ ދާއިރާގައި ހޭދަކުރެއްވި އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ.
އަދި އެ ފުރުޞަތަކީ ތަފާތު ތަޖުރިބާތަކެއް ކުރެވި ސަޙުސިއްޔަތު ބައްޓަންކުރަން ލިބުނު ރަނުގެ ފުރުސަތެއްކަމަށާ ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފަ ވަނީ ބޭނުންވާ ނަތީޖާތައް ހަލުއިކަމާއިއެކު ނެރެދެއްވުމަށްޓަކައި ސިޔާސީ ފިކުރު ތަފާތު މީހުންނާއެކުވެސް ގުޅިގެން މަސައްކަތް ކުރެއްވުމުގެ ކޮލިޓީ ހުރިކަން ޢަމަލުފުޅުން ސާބިތުކޮށްދެއްވި ރީތި ނަމޫނާ ދައްކަވާ މާލޭސިޓީއަށް އަވަސް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވި ލީޑަރެއްގެ ގޮތުގައި ކަމަށް ނަރީޝް ވިދާޅުވެފައިވެއެވެ.
މާލޭސިޓީ ކައުންސިލުން ބުނީ ނަރީޝްގެ އިސްތިޢުފާ ޤަބޫލުކުރާ ކަމަށާ މާލޭސިޓީގެ 4 ވަނަ ދައުރުގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރުގެ ހައިސިްޔަތުންނާއި ޑެޕިއުޓީ މޭޔަރުގެ ހައިސިއްޔަތުން ނަރީޝް މާލޭސިޓީއަށް ކުރެއްވި އިޚުލާސްތެރި، ބުރަ އަދި މުހިއްމު މަސައްކަތްޕުޅަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަޙުމަދު ނަރީސް މާލޭސިޓީ ކައުންސިލްއަށް ހޮވިފައި ވަނީ 2021 ވަނަ އަހަރު ބޭއްވުނު ކައުންސިލް އިންތިޚާބުގައި މާފަނަނު މެދު ދާއިރާގެ ގޮނޑިއަށްކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ސިޓީ ކައުންސިލުން މަރާމާތުކޮށް ނިންމާ މިދިޔަ އަހަރު ހުޅުވި ސަހަރާ މިސްކިތު ތެރެއަށް ފެން ފައިބަނީ!2025 ނޮވެމްބަރު 24
ޕާކިން ސްލޮޓްތައް ކެންސަލް ކުރަން ދަތުރުފަތުރާބެހޭ ވުޒާރާއިން އަންގައިފި2025 ސެޕްޓެމްބަރު 08
މަސް މާރުކޭޓުގެ ކުލި ކުޑަކުރުމުގައި ޤާނޫނާ ޚިލާފުކަމެއް ހިނގާފައި ނުވާކަން ލިޔެކިޔުންތަކުން ހާމަވެއްޖެ2025 އޯގަސްޓު 17
މާލޭސިޓީ ކައުންސިލުން ބާއްވާ ޙަފްލާތަކުގައި ދުފާއެއްޗެހި ނުބަހައްޓަން މޭޔަރު ނިންމައިފި!2025 މޭ 28