
ޓެކްސީ ލައިނަށް ޑްރައިވަރުން ނަގަން ބާއްވާ އިންޓަވިއުއަށް ގިނަ ބައެއްގެ ތަރުހީބު!
ޒައުޖަތު އަޙުމަދުސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް ކުރިއަށްގެންދާ ވޯކް-އިން-އިންޓަރވިއުއަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.
މާފަންނު ބަސް ޓާމިނަލުގައި މިއަދު ކުރިއަށްގެންދާ އިންޓަރވިއުއަށް ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ބަޔަކު އަންނަމުންދާކަމަށާއި މިއަދު ހެނދުނު 10:00 އިން ފެށިގެން އިރުއޮއްސި 18:00އާ ހަމައަށް އިންޓަވިއުކުރުން ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ.ސަރުކާރުން ޓެކްސީލައިނެއް ތަޢާރަފުކުރަން ނިންމީ، ޓެކްސީ ހޯދުމުގައި ޢާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ބަރޯސާވެވޭ ލުއިފަސޭހަ ޚިދުމަތަކަށް އެޚިދުމަތް ހެދުމަށެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ޓެކްސީލައިންގެ ޚިދުމަތް ކުރިޔަށް ގެންދިޔުމަށް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މާފުށްޓާއި ހިއްކި ސަރަހައްދު ގުޅުވައިދޭ ބުރިޖްގެ މަސައްކަތް ފަށައިފި2026 މާރިޗު 01
ބޮޑުތަކުރުފާނު މަގުގެ 2 ވަނަ ސެގްމެންޓު ނިންމާ ރޯދައަށް މަގު ހުޅުވާލަން ތައްޔާރުވަނީ!2026 ފެބްރުއަރީ 11
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ދާ ގޮތް ރައީސް ބައްލަވާލައްވައިފި2026 ފެބްރުއަރީ 08
ރޯދައަށް ނިންމަން ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ބާރަށް ކުރިއަށް 2026 ޖެނުއަރީ 10