
ރޯދައަށް ނިންމަން ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ބާރަށް ކުރިއަށް
ޒައުޖަތު އަޙުމަދުމާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ލޯކަލް މާރުކޭޓާ ދިމާލުން 48 މީޓަރުގެ ސަރަހައްދެއްގައި ވަނީ ޝީޓް ޕައިލްކޮށް ނިމިފައެވެ. މީގެއިތުރުން މަގުގެ އަޑީގައި ވަޅުލާ ފެނާއި ނަރުދަމާ ހޮޅިތަކުގެ މަސައްކަތުގެ 50 އިންސައްތަ ވަނީ ނިމިފައެވެ. އަދި ހިނގާ މީހުންނަށް ޚާއްސަ ލޭންތަކުގައި ގާ އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، މުދާ އުފުލާ އުޅަނދުތަކާއި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ.
މުޅި މަޝްރޫއު އެއްކޮށް ނިމުމުން، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން މާރުކޭޓު ސަރަހައްދާ ހަމައަށް މަގު ފުޅާވެ، ހިނގާބިނގާވެ އުޅުމަށް ރައްކާތެރި ޒަމާނީ މަގަކަށް ބޮޑުތަކުރުފާނު މަގު ބަދަލުވެގެންދާނެއެވެ.
144 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 21 އޮގަސްޓް 2025 ގައެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލީ 8 ޑިސެމްބަރު 2025 ގައެވެ.
މި ސެގްމެންޓުގައި މާލޭގެ ބާޒާރުމަތީގެ ސަރަހައްދު ހިމެނޭތީ، އެމްޓީސީސީން މަސައްކަތް ކުރަމުން ދަނީ އަންނަ ރޯދަމަހަށް މި ސަރަޙައްދުގެ މަސައްކަތް ނިންމާ މަގު ހުޅުވާލުމަށް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މާފުށްޓާއި ހިއްކި ސަރަހައްދު ގުޅުވައިދޭ ބުރިޖްގެ މަސައްކަތް ފަށައިފި2026 މާރިޗު 01
ބޮޑުތަކުރުފާނު މަގުން މިރޭ ހުޅުވާލާ ސަރަހައްދުގައި ދެކޮޅަށް ދުއްވޭ ގޮތަށް ކަނޑައަޅައިފި2026 ފެބްރުއަރީ 15
ބޮޑުތަކުރުފާނު މަގުގެ 2 ވަނަ ސެގްމެންޓު ނިންމާ ރޯދައަށް މަގު ހުޅުވާލަން ތައްޔާރުވަނީ!2026 ފެބްރުއަރީ 11
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ދާ ގޮތް ރައީސް ބައްލަވާލައްވައިފި2026 ފެބްރުއަރީ 08