
މާފުށްޓާއި ހިއްކި ސަރަހައްދު ގުޅުވައިދޭ ބުރިޖްގެ މަސައްކަތް ފަށައިފި
ޒައުޖަތު އަޙުމަދުކ. މާފުށްޓާއި އެރަށު ހިއްކި ސަރަޙައްދު ގުޅުވައިދޭ ބުރިޖު މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ޙުސައިން ރިޟާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިނގ ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އަދި މާފުށީ ކައުންސިލްގެ މެމްބަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން މާފުށްޓާއި އެރަށުގެ ހިއްކާފައިވާ ސަރަޙައްދު ގުޅާލުމަށް 137 މީޓަރުގެ ބުރިޖެއް ނުވަތަ ކޯޒްވޭއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ ޖުމްލަ 35.42 މިލިޔަން ރުފިޔާއަށް، 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
އެމްޓީސީސީން ބުނީ އެ ސަރަޙައްދުން ބޯހިޔާވެހިކަމާއި، ސިނާޢީ އަދި ވިޔަފާރި ބޭނުންތަކަށް ބިން ދޫކުރާއިރު، މި ބުރިޖްގެ ސަބަބުން މުދާ އުފުލުމާއި ލަފާފުރުމުގެ ކަންކަން ހަރުދަނާވެ، ރަށުގެ އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވެގެންދާނެ ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ބޮޑުތަކުރުފާނު މަގުގެ 2 ވަނަ ސެގްމެންޓު ނިންމާ ރޯދައަށް މަގު ހުޅުވާލަން ތައްޔާރުވަނީ!2026 ފެބްރުއަރީ 11
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ދާ ގޮތް ރައީސް ބައްލަވާލައްވައިފި2026 ފެބްރުއަރީ 08
ޓެކްސީ ލައިނަށް ޑްރައިވަރުން ނަގަން ބާއްވާ އިންޓަވިއުއަށް ގިނަ ބައެއްގެ ތަރުހީބު!2026 ޖެނުއަރީ 17
ރޯދައަށް ނިންމަން ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ބާރަށް ކުރިއަށް 2026 ޖެނުއަރީ 10