
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ދާ ގޮތް ރައީސް ބައްލަވާލައްވައިފި
ޒައުޖަތު އަޙުމަދުއެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގުތައް، ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވައިލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އަދި ސަރުކާރުގެ އިސްބޭފުޅުންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަގުހެދުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ވަޑައިގަތުމުން، މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން އެމަނިކުފާނަށް ވަނީ ހިއްސާކުރައްވާފައެވެ.
މި މަޝްރޫޢުގެދަށުން މާލޭގެ ލޯކަލް މާރުކާރު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާއި ހަމައަށް، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް 250 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރެއެވެ.
މިހާރު މަގުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، 'އޭ.ބީ.ސީ' ފަށަލަ އެޅުމާއި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާތެރޭ ފަށާނެ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މަގުބައްތި ޖެހުމާއި، މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް މި ހަފުތާތެރޭ ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، ޝީޓް ޕައިލް ކުރުމާއި، ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ. އަދި ކޭބަލް ޖަންކްޝަންތަކުގެ އިތުރުން ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އެ ކުންފުނިން ބުނީ ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚްލާޞްތެރިއެއް: ރައީސް 2026 މާރިޗު 24
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ2026 މާރިޗު 23
އަސާސީ ކާބޯތަކެތި ލިބުމުގައި ކަންބޮޑުވުމެއް ނެތް، އަގު ވެސް މައްޗަށް ނުދާނެ: ރައީސް2026 މާރިޗު 23
ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް2026 މާރިޗު 23