logologologologo
STO
ޚަބަރު

މުސާރަ ބޮޑުނުވި މުވައްޒަފުންނަށް މި މަހުން ފެށިގެން މުސާރަ ބޮޑުވާނެ: ރައީސް

މުސާރަ ބޮޑުނުވި މުވައްޒަފުންނަށް މި މަހުން ފެށިގެން މުސާރަ ބޮޑުވާނެ: ރައީސް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 11

ސިވިލް ސާވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން މުސާރަ ބޮޑުނުވެ، ކުޑަވެފައިވާތީ އެ މައްސަލަ މިމަހު ހަލުކޮށް، މުސާރަ ބޮޑުވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ގެއްލުންތަކެއް ނުވަތަ އެންމެ އެދެވޭ ގޮތަށް އެކަން ނުކުރެވި ތިބި މުވައްޒަފުން ތިބި ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރު އެ ހުރިހާ މައްސަލައެއް ހައްލުކޮށް ނިމެމުން އަންނަ ކަމަށާއި މިފަހަރު މުސާރަ ލިބޭއިރު، މުސާރަ ބޮޑުނުވެ ތިބި ފަރާތްތަކުގެ މުސާރަތައް ބޮޑުވާނެ ކަމަށެވެ.

"އަޅުގަނޑު މިއަދު ހެނދުނު އެންމެ ފަހުން މީގެ މައުލޫމާތު ނަގައިގެން މިއައީ ޕޭ ކޮމިޝަންގެ ފަރާތުން. މިފަހަރު މުސާރަ ލިބޭއިރު، އިރާދަކުރެއްވިއްޔާ ޖުމްލަކޮށް، އިންޑިވިޖުއަލް ކޭސަސް ނުހުންނާނެއެކޭ ނޫން. އެކަމަކު ޖުމްލަކޮށް މިކަހަލަ މުސާރަ މައްޗަށް ނުގޮސް ތިބި ފަރާތްތަކުގެ މައްސަލަ ހައްލުވާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މުސާރައިގެ އެފަދަ މައްސަލަތަކެއް ކުރިމަތިވީ، ޒަމާންތަކެއް ވަންދެން އެކި ގޮތްގޮތަށް ހުރި ސްޓްރަކްޗާތައް ހާމަނައިޒް ކުރުމުގެ ތެރެއިން ކަމަށެވެ. ވަކިވަކި އެކި މުވައްޒަފުން އެގޮތަށް ތިބި ނަމަވެސް އެކަން ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން ކޮމިޝަނުން ދީފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ރައީސް ވިދާޅުވީ، ދެން ވެސް އެފަދަ މައްސަލައެއް ދިމާވެފައި ތިބި މުވައްޒަފުން ތިބިނަމަ އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.

MALDIVE GASAllied Insurance
އިތުރަށް