logologologologo
STO
ޚަބަރު

ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމަށް ލިބޭ ލައިސަންސެއް ނޫން: ރައީސް

ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމަށް ލިބޭ ލައިސަންސެއް ނޫން: ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 11

ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރިމިނަލް ކޯޓުން ރޭ ނެރުނު އަމުރާއި ގުޅިގެން، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ކޯޓު ނެރެފައި އޮތް އަމުރަށް ތަބާވުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި ތިން ބާރު ވަކިވެފައި އޮތްއިރު، ޝަރުޢީ ދާއިރާއިން ކުރައްވާ ކަންކަން ކުރައްވާނެ ކަމަށެވެ.

މި ޤައުމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ފުޅާކޮށް ތަންމިނަށް ފުޅާކޮށް އޮތްކަމަށާއި މި ޤައުމަށްވުރެ ބޮޑަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ޤައުމެއް އޮންނާނެ ކަމަށް ހީނުވާ ކަމަށެވެ. އެހެން ނަމަވެސް މި ޤައުމުގެ ޙަޤީޤަތަކީ މީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ރޫލް އޮފް ލޯ ހިފަހައްޓާނެ ކަމަށާ ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް މަސައްކަތް ކުރަންޖެހޭނީ ޤާނޫނު އަސާސީގައި ކަނޑައެޅިފައި އޮންނަ އިންތަކުގެތެރެއިން ކަމަށާ ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ތެރޭގައި ވެސް އިސްލާމްދީނުގައި މަނާކޮށްފައި ހުރި ކަންކަން ނުކުރެވޭނެ ކަމަށެވެ. އަދި އެއީ އެއްވެސް ފަރާތަކަށް ލިބިފައި އޮތް ޙައްޤެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

 

MALDIVE GASAllied Insurance
އިތުރަށް