logologologologo
STO
ވިޔަފާރި

ހަނގުރާމައާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީވެވޭނެ ގޮތްތައް ސަރުކާރުން ބަލަނީ

ހަނގުރާމައާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީވެވޭނެ ގޮތްތައް ސަރުކާރުން ބަލަނީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 11

އެމެރިކާ އާއި އިސްރާއީލް ގުޅިގެން މިދިޔަ ފެބްރުއަރީ މަހު ފެށި ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާތީ ސަރުކާރުުގެ އެހީއަށް އެ ދާއިރާގެ ޖަމިއްޔާތަކުން އެދުމުން، އެހީތެރިކަން ދެވޭނެ ގޮތެއް ސަރުކާރުން ބަލަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހަނގުރާމައާ ހެދި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ގެއްލުން ހަނގުރާމައާ ގުޅޭ ގޮތުން އުފައްދާފައިވާ މިނިސްޓީރިއަލް ކޮމިޓީން ބަލަމުން އަންނަ ކަމަށެވެ. ކޮމިޓީން އެކަމުގައި މަޝްވަރާ ކުރަމުން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ސްޓޭކްހޯލްޑަރުންނާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ހަނގުރާމައިގެ ސަބަބުން މިދިޔަ މާޗު އަދި އޭޕްރީލް މަހު ރާއްޖެ އަށް އައި ފަތުރުވެރިންގެ އަދަދު ބޮޑު ތަނުން ދަށްވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އަދި މުހިއްމު ދައުރެއް އަދާކުރާ މީހުންނަށް ވިޔަފާރި ކުރިއަށް ގެންދިއުމަށާއި ހިދުމަތް ދިނުމުގައި މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ދެ ޖަމިއްޔާ ގުޅިގެން ނެރުނު ބަޔާނުގައިވެއެވެ.

ދެ ޖަމިއްޔާ އިން ގޮވާލީ މިހާރު މި އޮތް ހާލަތު ރަނގަޅު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. އެގޮތުން އެގޮތުން އިންޓަރެސްޓް ފްރީ މޮރޮޓޯރިއަމް ލޯން ދިނުމާއި މިހާރު ހުރި ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް އެހީތެރިވެދީ، ޓެކްސް ދެއްކުން ފަސްކޮށްދިނުމާއި ފީތައް އަދި ކޯޓާފީ މައާފު ކޮއްދިނުމަށް ސަރުކާރާއި މާލީ އިދާރާތަކުން ވީ އެންމެ އަވަހަށް އެހީތެރިވާން ގޮވާލިއެވެ.

MALDIVE GASAllied Insurance
އިތުރަށް