logologologologo
STO
ޚަބަރު

ނަރުހުންނަކީ ދެމެހެއްޓެނިވި ސިއްހީ ހިދުމަތެއްގެ ބިންގާ: ރައީސް

ނަރުހުންނަކީ ދެމެހެއްޓެނިވި ސިއްހީ ހިދުމަތެއްގެ ބިންގާ: ރައީސް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 12

ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުނިޔޭގެ ހުރިހާ ނަރުހުންނަށާއި، ހާއްސަކޮށް ދިވެހި ނަރުހުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަދު އެކްސް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ސިއްހީ ނިޒާމެއްގެ އެންމެ މުހިންމު ބިންގަލަކީ ނަރުހުން ކަމަށެވެ. ބަލިމީހުންނަށް ފަރުވާދިނުމާއި، ބަލިތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކާއި، މުޅި މުޖުތަމައުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި ނަރުހުން އަދާކުރަނީ ބަދަލު ނުކުރެވޭ ފަދަ މުހިންމު ދައުރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މަސައްކަތުގެ މާހައުލު ރަނގަޅުކޮށް، ލިބޭ އިނާޢަތްތައް އިތުރުކުރުމާއި ސިޔާސަތުތައް ހަރުދަނާކޮށް ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މީގެ ސަބަބުން ހަރުދަނާ ޞިއްޙީ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމަށް ނަރުހުން ކޮށްދެއްވާ އަގުހުރި ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ. ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 12ވަނަ ދުވަހުއެވެ.

MALDIVE GASAllied Insurance
އިތުރަށް