logologologologo
STO
ޚަބަރު

ބޮޑުތަކުރުފާނު މަގުން މިރޭ ހުޅުވާލާ ސަރަހައްދުގައި ދެކޮޅަށް ދުއްވޭ ގޮތަށް ކަނޑައަޅައިފި

ބޮޑުތަކުރުފާނު މަގުން މިރޭ ހުޅުވާލާ ސަރަހައްދުގައި ދެކޮޅަށް ދުއްވޭ ގޮތަށް ކަނޑައަޅައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ފެބްރުއަރީ 15

ބޮޑުތަކުރުފާނު މަގުން މިރޭ ހުޅުވާލާ ސަރަހައްދުގައި ދެކޮޅަށް ދުއްވޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު، އެ މަސައްކަތުގެ 2 ވަނަ ސެގްމެންޓުގެ މަސައްކަތް ނިންމާ މިރޭ އާންމުންނަށް ހުޅުވައިލުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ވަޒީރު އަމީން ވިދާޅުވީ ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ 2026 ފެބްރުއަރީ 16 ވާ ހޯމަ ދުވަހު ފަތިހު 5:00 އިން ފެށިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި ޢާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ހަތަރު ލޭނު ހިމެނޭގޮތަށް ތަރައްޤީކޮށް ގެނެވުނު ބަދަލާއިއެކު އެ ސަރަޙައްދުގައި ދެކޮޅަށް ދުއްވޭނެ އިންތިޒާމު ހަމަޖެހުމުން، ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުގެ ކުންފުނި އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން މާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް ތާރު އަޅާ ނިންމާލީ މިދިޔަ ބުދަ ދުވަހެވެ.  އެ މަގު އާންމުންނަށް ހުޅުވާލުމުގެ ކުރިން އެ ސަރަހައްދުގައި ގަސް އިންދުމުގެ ޙަރަކާތެއް މިއަދު ހަވީރު ވަނީ ކުރިއަށް ގެންގޮސްފައެވެ. 

 

 

MALDIVE GASAllied Insurance
އިތުރަށް