އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ރައީސް އުފެއްދެވި ޚާއްޞަ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ރާއްޖޭގައި ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް އައި ކަމެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ ޖެޓް ފިއުލް ލީޓަރެއްގެ އަގު މި ފަހުން ހުރީ 1.99 ޑޮލަރަށް އުފުލިފައި ކަމަށާއި ނަމަވެސް މިދިޔަ ހުކުރު ދުވަހު އެކަމަށް ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށާ މި ބަދަލާއެކު މިހާރު ޖެޓް ފިއުލް ލީޓަރެއް ވިއްކާނީ 1.75 ޑޮލަރަށް ކަމަށެވެ.
"ސަރުކާރުން ވަރަށް ބޮޑަށް އެމްއޭސީއެލްއާ އެކީގައި މަސައްކަތް ކުރައްވައިގެން ލީޓަރަކުން 24 ސެންޓް ތިރި ކުރެވިފައިވަނީ." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މިވަގުތު ފަތުރުވެރިން އަންނަ ނިސްބަތް %4.8 ދަށްވެފައިވީ ނަމަވެސް ހަނގުރާމައިގެ ހާލަތު ބަދަލުވެ މެދުއިރުމަތީގެ އެއާލައިންތައް ދަތުރު ކުރުން އިތުރުވާ ވަރަކަށް ކުރިއަށް އޮތް ދެ ތިން ހަފްތާތެރޭގައި ރާއްޖެއަށް ވެސް އަލިމަގެއް ފެންނާނެ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ. އަދި ރާއްޖެ އަންނަ ބޮޑެތި އެއާލައިންތަކާ ވާހަކަ ދެއްކުމުގެ ނަތީޖާ މިހާރު ވެސް ފެންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަންނަ ޖޫން މަހުން ފެށިގެން ގަތަރު އެއާވޭސް އާއި އެމިރޭޓްސް އިން ރާއްޖެއަށް ތިން ފްލައިޓު ބޭއްވުމަށް ޝެޑިއުލް ބަދަލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ޝެޑިއުލް ބަދަލު ކުރާނީ ރާއްޖެ އަންނަން ތިބި ފަތުރުވެރިން ގިނަ ކަމަށް އެ އެއާލައިންތަކުގެ ބުކިން ސިސްޓަމުން ފެންނާތީ ކަމަށެވެ. މީގެ އިތުރުން ވަޒީރު ވަނީ ބްރިޓިޝް އެއާވޭސް އިން މި އަންނަ ސީޒަންގައި %32 މައްޗަށް ގެންދަން ރާވާފައިވާކަމަށްވެސް ވިދާޅުވެފައެވެ.
މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު އުފުލެމުން އަންނައިރު، ޚާއްސަކޮށް ތެލުގެ އަގަށް އަންނަނީ ބަދަލުތައް އަންނަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)
