logologologologo
STO
ޚަބަރު

ވެލާނާ އެއާޕޯޓުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ޚާއްސަ ކޮޓަރިއެއް

ވެލާނާ އެއާޕޯޓުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ޚާއްސަ ކޮޓަރިއެއް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 07

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ޚާއްސަ ކޮޓަރިއެއް ހުޅުވައިފިއެވެ.

މި ޚާއްސަ ކޮޓަރިއަކީ ​ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާޓްތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން ހަދާފައިވާ ކޮޓަރިއެއް ކަމަށް ވީއައިއޭއިން ބުންޏެވެ.

"ބޮލި ކާމް ރޫމް" ގެ ނަމުގައި ހުޅުވި މި ތަން މިއަދު ރަސްމީކޮށް ހުޅުވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ.

ވީއައިއޭއިން ބުނީ މިކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރިހާ އެންމެންނަށް ބައިވެރިވެވޭ ފަދަ ދަތުރުފަތުރެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން މިފަދަ ޚިދުމަތެއް ތަޢާރަފް ކުރުމުގެ ސަބަބަކީ ކޮންމެ ދަތުރުވެރިއަކީ ވެސް ހިތްހަމަޖެހުމާއި، އަބުރުވެރިކަމާއި، އަދި އަޅާލުމާއެކު ދަތުރުކުރުމުގެ ޙައްޤު ލިބިގެންވާ ފަރާތަކަށް ވާތީކަމަށް ވީއައިއޭއިން ބުންޏެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް