ޚަބަރު
ރާއްޖެ އައި އެމެރިކާ މީހެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިންއެއް ފެނިގެން ހައްޔަރުކޮށްފި

ޒައުޖަތު އަޙުމަދު2026 އޯގަސްޓު 25
ރާއްޖެ އައި އެމެރިކާ މީހެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިންއެއް ފެނިގެން ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 24 ވަނަ ދުވަހު ރާއްޖެއަށް ވައިގެ މަގުން އެތެރެވި އެމެރިކާ ރައްޔިތެއްކަމަށްވާ އުމުރުން 36 އަހަރުގެ ކޮބޯލް ބްރިޓެއިން ނަމަކަށްކިޔާ މީހެއްގެ އަތުން ވަޒަން އަޅާފައިވާ މެގަޒިންއެއް ފެނިފައިވާކަމަށެވެ.
މި މެގަޒިން ފެނިފައިވަނީ އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރުއެވެ.
އޭނާ ހައްޔަރުކޮށްފައިވާއިރު، ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ހާޟިރު ކުރުމުން ކޯޓުން ވަނީ އޭނާ 10 ދުވަހުގެ މުއްދަތަށް ހައްޔަރު ކުރުމަށް އަމުރު ނެރެފައި ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.
އިތުރަށް

ތަންތަނަށް ގެއްލުން ދީ ހުޅުޖަހަން ގޮވާލި މީހަކު ހައްޔަރުކޮށްފި
22 އޮކްޓޯބަރު 2026

ދައުލަތުގެ އިމާރާތްތަކެއްގައި ހުޅުޖަހަން ގޮވާލި ޛިހާން 15 ދުވަހަށް ބަންދުކޮށްފި
21 އޮކްޓޯބަރު 2026

ފުވައްމުލަކަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏަކަށް ދިޔަވާތީ ފުލުހުން ޙަރަކާތްތެރިވަނީ
21 އޮކްޓޯބަރު 2026

ދައުލަތުގެ މައި އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20 އޮކްޓޯބަރު 2026

.gif.gif&w=828&q=100)