
ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯގެ ހިރޮއިން އަތުލައިގެންފި
ޒައުޖަތު އަޙުމަދުރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯގެ ހިރޮއިން ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައި ވަނީ ވައިގެމަގުން އެތެރެ ކުރަން އުޅެނިކޮށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
މި ތަކެތި ހިފަހައްޓާފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
ބަރުދަނުގައި 2 ކިލޯ 240 ގުރާމް ހުރި މިތަކެތީގެ މަގުމަތީ އަގު 2 މިލިއަން 2 ލައްކަ 40 ހާސް ރުފިޔާއަށް އަރާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ކުރަންޖެހޭ އިތުރު ތަޙުޤީޤުތައް ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންގެ އިދާރާއާ ހަވާލުކޮށްފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން އަންނަނީ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފި2026 މާރިޗު 22
ތައިލެންޑް ޖަލެއްގައި ހުރި ދިވެއްސަކު ނިޔާވެއްޖެ2026 މާރިޗު 06
އެއާޕޯޓުގެ އައު ޓާމިނަލުން ޚިދުމަތްދޭ އެއާލައިންގެ އަދަދު 35 އަށް އަރައިފި2025 ޑިސެމްބަރު 20